ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރު ހަތިޔާރު އެޅި ބަޔަކު ޔުގަންޑާގެ ސުކޫލަކަށް ހަމަލާ ދީ ގިނަ ބަޔަކު މަރާލައިފި

ޔުގާންޑާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރު ހަތިޔާރު އެޅި ބަޔަކު، ޔުގާންޑާގެ ސުކޫލަކަށް ހަމަލާދީ ގިނަ އަދަދެއްގެ މީހުން މަރާލައިފިއެވެ.

ބޭރުގެ ބައެއް މީޑިއާތަކުގައި ޝާއިއުކޮށްފައިވާގޮތުން، ޔުގަންޑާގެ ހުޅަނގު ސަރަހައްދުގައި ހުންނަ ސުކޫލަކަށް ހަމަލާދީފައިވަނީ އެ ގައުުމުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރަމުންދާ ހަތިޔާރު އެޅި ޖަމާއަތަކުންނެވެ. މީޑިއާތަކުން ރިޕޯޓުކުރާގޮތުން، ސުކޫލަށް ދިން ހަމަލާގައި މަދުވެގެން 41 މީހަކު މަރުވެފައިވާއިރު، އެ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ސުކޫލު ކުދިން ހިމެނޭކަމަށާއި 6 ކުއްޖަކު ރަހީނުކޮށްގެން ގެންދިޔަކަމަށް އެ ގައުމުގެ އޮފިޝަލުން ހިއްސާކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުގެ އަސްކަރިއްޔާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވި ފަރާތަކުން ބުނެފައިވާގޮތުން، ހަމަލާ ދިން ފަރާތްތަކުންވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެންވެސް ހަމަލާދީފައެވެ. އަދި ބައެއް ކުދިން މަރުވެފައިވަނީ އެ ކުދިން ނިދުމަށް ކަނޑައެޅިފައިވާ ސަރަހައްދުގައި އަލިފާން ރޯކޮށްލުމުުގެ ސަބަބުންކަމަށްވެސް ބުނެފައިވެއެވެ.

ޔުގަނޑާގެ އަސްކަރިއްޔާއިން ބުނާގޮތުން، ސުކޫލަށް ހަމަލާ ދިން މީހުންގެ ތެރޭގައި އައިސިސް އާއި ގުޅުން ހުރި ޖަމާއަތެއްކަމަށް ފާހަގަކުރެވިފައިވާ އެލައިޑް ޑިމޮކްރެޓިކް ފޯސަސްގެ 20 މީހަކު ޝާމިލުވެއެވެ.

ޔުގަންޑާ އަދި ކޮންގޯގެ ބޯޑަރު ގުޅޭ ސަރަހައްދުގައި ހުންނަ މި ސުކޫލަކީ އުމުރުން 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ކިޔަވައިދެމުންދިޔަ ސުކޫލެއްކަމަށް އެ ގައުމުގެ އޮފިޝަލަކުވަނީ ފާހަގަކޮށްފައެވެ. އޭނާ ބުނެފައިވާގޮތުން، މަރުވެފައިވާ މީހުންގެ ތެރެއިން 39 މީހުންނަކީ ސުކޫލުގައި ކިޔަވަމުންދިޔަ ކުދިންނެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ދެ މީހަކުވެސް ހަމަލާގެ ތެރެއިން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، ހޮނިހިރު ދުވަހުގެ ހެނދުނާއި ޖެހުނު އިރުވެސް އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދިޔައީ އަލިފާންގަނޑު ނިއްވާލުމަށެވެ. އަދި އިތުރު ބައެއްގެ ހަށިތައް ފެނިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އަސްކަރިއްޔާއިން ދެކޭކަމަށާއި އެހެންނަމަވެސް ސުކޫލުގައި ތާށިވި އެއްވެސް ފަރާތެއް ސަލާމަތް ނުވާކަމަށްވެސް ބުނެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުން، ހާދިސާ ހިނގި ވަގުތު ސުކޫލުގައި 62 މީހުން ހާޒިރުވެ ތިއްބެވެ. އެ ގައުމުގެ އަސްކަރިއްޔާއިން މިހާރު މަސައްކަތްކުރަމުންދަނީ ހަމަލާގައި ޝާމުލުވި ފަރާތްތައް ހޯދުމަަށެވެ. އެ ގައުމުގެ އަސްކަރިއްޔާގެ އިސް ފަރާތެއް ބުނެފައިވާގޮތުން، ހަމަލާ ދިން ފަރާތްތަކުންވަނީ އެކަމަށް ތައްޔާރުވުމަށްޓަކައި ދެ ދުވަސް ކުރިން ސަރަހައްދަށް އައިސް ހަރަކާތްތެރިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: