ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިޝަމް އާއި އަދުހަމްއަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު!

ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ބައެއް މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާއި ގުޅިގެން ދައުވާ އުފުލާފައިވާ ހަތަރު މީހުންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން މައްސަލައިގައި 10 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ދައުވާކޮށްދޭން އެދި ފޮނުވާފައިވަނީ ހަތަރު މީހެއްގެ މައްޗަށެވެ. އެއީ އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އަދުހަމް އަހުމަދު ރަޝީދާއި މުޖާޒް އަހްމަދު އަދި ތަހުމީން އަހްމަދުގެ އިތުރުން، އަލީ ހައިޝަމްގެ މައްޗަށެވެ.

މައްސަލައިގައި ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ކުރެ އެވެ. އެއީ އެއީ ޓެރަރިޒަމްގެ އަމަލެއްކުރުމާއި، އެފަދަ އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމާއި އަދި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއެވެ. މުޖާޒުގެ މައްޗަށް އުފުލާފައިވަނީ ދެ ދައުވާ އެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން ހައިޝަމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާގެ ތެރޭގައި ހިމެނެނީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުންނާއި، ޕީޖީން ތުހުމަތު ކުރާ ގޮތުން ރައީސް ނަޝިީދަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު އެކަކަކީ އަދުހަމަ އެވެ. އޭނާއަކީ މަޖީދީ މަގާއި، ނީލޯފަރު އިންވާ ހިސާބުގައި ހުންނަ އަތަމާ ޕެލެސްގެ އެތެރޭގައި ހުރެ ރިމޯޓު ކޮންޓްރޯލް ޑެވައިސްއެއް ބޭނުންކޮށްގެން ބޮން ގޮއްވާލި މީހާ އެވެ. އޭނާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާއެއް އުފުލި އެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ ވެސް އަދުހަމްގެ މައްޗަށް ވަނީ އުފުލާފަ އެވެ. ބޮން ގޮއްވާލިކަމަށް އެއްބަސްވެ، ދައުލަތާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައިވާތީ، އޭގެ ދަށުން އޭނާގެ މައްޗަށް އަންނާނީ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލައިގައި މިއަދު ކުރިޔަށް ގެންދިޔައީ އިބްތިދާއީ މަރުހަލާ އެވެ. އަދި ޝަރީއަތް ކުރިޔަށް ގެންދިޔައީ އާއްމުކޮށް ހުޅުވާ ނުލަ އެވެ. ޝަރީއަތެއް ތާވަލު ކުރީ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ. އަދި މިއަދުގެ އަޑުއެހުމުގައި ހައިޝަމްގެ ބަންދާއި މެދު ގޮތެއް ނިންމައި، އޭނާ ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށް ވަނީ ހުކުމްކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެ ފަރާތަށް ވެސް ޝަރީއަތުގެ ލިޔުންތައް ލިބިފައިވޭތޯ ސާފުކޮށްފައި ވެއެވެ. އަދި ދައުވާ ލިބޭ ހަތަރު މީހުން ވެސް ބުނީ އެ މީހުންނަށް ލިޔުންތައް ލިބިފައިވާ ކަމަށެވެ.

ބޮން ގޮއްވާލުމުގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތު ކުރެވޭ އަދުހަމް އާއި، ހައިޝަމް ޝަރީއަތް ކުރިޔަށް ގެންދާން ބޭނުންވަނީ ވަކީލެއްގެ އެހީއާއި އެކު އެވެ.، އެހެންވެ އެ މީހުންނަށް ވަކީލަކު އައްޔަނު ކުރުމަށް ޝަރީއަތުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މުޖާޒާއި، ތުހުމީނުގެ ވަކީލެއް ހަމަޖެހިފައިވާތީ، އެ މީހުންގެ ވަކީލުން އެދުނީ ލިޔެކިއުންތައް ދިރާސާ ކުރަން އެކަށީގެންވާ ވަގުތެއް ދިނުމަށެވެ.

މައްސަލައިގައި ދެން އަޑުއެހުމެއް ތާވަލު ކުރާނެ ދުވަހެއް ސާފެއް ނޫނެވެ. ލިޔެކިއުންތައް ދިރާސާ ކުރުމަށް ވަގުތު ދީ އަންނަ މަހުގެ ކުރީކޮޅު އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: