ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައެއް މޭ މައްސަލަ ބެލުން ލަސްވާންޖެހޭ ބަލައިގަނެވޭ ސަބަބެއް ބުނެ ނުދެވުނު: އައްބާސް ފާއިޒް

ހާއްސަ މަންދޫބު އައްބާސް ފާއިޒް، ރައީސް ސޯލިހުއާ ބައްދަލުކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ ޝަރީއަތް ލަސްވާ ބަލައިގެނެވޭ ސަބަބެއް ރާއްޖޭގެ ޝަރުއީ ދާއިރާގެ އިސްވެރިންގެ ފަރާތުން ލިބިފައިނުވާކަމަށް ރައީސް އިބްރާހިމް ސާލިހުގެ މަންދޫބު އައްބާޒް ފާއިޒް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ މަންދޫބު އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާލުވީ، ކްރިމިނަލް ކޯޓުގެ ރެޖިސްޓްރާރއާ ބައްދަލުކުރެއްވިކަމަށެވެ. އަދި ރައީސް ނަޝީދަށް އަމާޒުވި ހަމަލާގެ މައްސަލައިގެ ޝަރީއަތުގެ މަސައްކަތްތައް ލަސްވެފައިވާތީ އެނާ އެކަމާއި ހިތްހަމަނުޖެހުންތަކެއް ހުންނެވިކަން ހާމަކުރެއްވިކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ މައްސަލައިގައި ހިމެނޭކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކުގެ މައްޗަށް ޝަރީއަތްތައް ކުރިއަށް ގެންދިއުން ލަސްވެފައިވާ ބަލައިގަނެވޭ ސަބަބެއް ޝަރުއީ ދާއިރާގެ އިސްވެރިންނަށް ދެވިފައިނުވާކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގައި ޝާމިލްވާ މީހުންގެ ޝަރީޢަތްތައް ލަސްވެފައިވާތީ އައްބާސް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު  ހަމަލާއަށް ފަހު ފުލުހުންނާއި ސިފައިން ވެސް ބުނީ އެފަދަ އެއްވެސް އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބިފައި ނެތްކަމަށެވެ. އެކަމަކު ފަހުން ފުލުހުން ހާމަ ކުރި މައުލޫމާތުތަކުން އެނގުނު ގޮތުގައި އައިއީޑީއެއް ގޮއްވާލައިގެން ރައީސް ނަޝީދަށް ހަމަލާ ދިނުމަށް 03 ފަހަރެއްގެ މަތީން ރާވާފައި ވެއެވެ.

އެހެންވެ މަޖިލީހުގެ 241 ކޮމިޓީން އެކި ބޭފުޅުންނާއި މުވައްސަސާތަކާއި ބައްދަލުކޮށް ރިޕޯޓެއް ތައްޔާރު ކުރި އެވެ. އަދި އެ ލަފާތަކަށް ސަރުކާރުން އަމަލު ނުކުރާތީ އެކަން ރައީސް ނަޝީދު ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގު މައުލޫމާތު ދީ ފުލުހުންނާއި ޕީޖީ ގުޅިގެން ބޭއްވި ޕްރެސްގައި ހާމަވެފައިވާ ގޮތުން އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން އެކިފަހަރު މަތީން މަސައްކަތްކޮށްފައި ވެއެވެ. އަދި ރައީސް ނަޝީދުގެ ތްރެޓް ލެވެލް މަތިވީ ނަމަވެސް، އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަމާއި، ލިބެމުން ދިޔަ އިންޒާރުތަކާއި އެކު ވެސް ސެކިއުރިޓީ ވަރުގަދަކޮށްފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

މަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެ މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: