ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ އާދަމަށް އިންޒާރު ދިން ފަރާތް ޓެގު އަޅުވާ މޮނީޓަރ ކުރަން އެމްޑީޕީއިން ގޮވާލައިފި

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ މައްސަލަ ބައްލަވަމުންދިއަ ގާޒީންގެ ބެންޗުގެ ރިޔާސަތުގައި ހުންނެވި ގާޒީ އާދަމް މުހައްމަދަށް ބިރުދެއްކި މީހާ މޮނީޓަރު ކުރުމަށް ޓެގު އެޅުވުމަށް އެމްޑީޕީއިން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމާލާގެ މައްސަަލަ ބައްލަވަމުންދިއަ ގާޒީ އާދަމް އަހުމަދު އެ މަސައްކަތުން ތަނާޒުލްވުމުން އެކަމާ ކަނބޮޑުވުން ފާޅުކޮށް، އެމްޑީޕީއިން ވަނީ ބަޔާނެއް ނެރިފައިއެވެ.

ގާޒީ އާދަމް އަހުމަދު މޭހައެއްގެ މައްސަލަ ބެއްލެވުމުން ތަނާޒުލްވެފައިވުމުން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕިއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ރިޔާސަތު ބަލަހައްޓަވާ ކްރިމިނަލް ކޯޓުގެ ޤާޟީ ތަނާޒުލުވެވަޑައިގަތީ، ތުހުމަތު ކުރެވޭ އެއް ފަރާތްކަމުގައިވާ މ.ކުދެހިގޭ އިސްޙާޤުގެ ދަރިއެއް، ޤާޟީއަށް މީގެ ކުރިން އިންޒާރުދީފައިވާތީ ކަމުގައި ޤާޟީ ވިދާޅުވެފައިކަމަށެވެ. އަދި ގާޒީ އާދަމް ނެންގެވި ފިޔަވަޅަކީ، އިންސާފުވެރި ޝަރީއަތެއް ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއް ކަމަށް ފާހަގަކޮށް އެމްޑީޕީއިން ބުނެފައިވަނީ، މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާލުމަކީ، އެކަމަށް ވުރެ މުހިންމު ކަމެއް ކަމަށެވެ.

ގާޒީ އާދަމް މޭހައެއްގެ މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތުން ތަނާޒުލްވުމާއި ގުޅިގެން އެމްޑީޕީއިން ނެރިފައިވާ ބަޔާނުގައި ވާގޮތުން، މި ދަނޑިވަޅުގައި، ދައުލަތުގެ ވަކީލުންނާއި، ހެކިވެރިންނަށް ތުހުމަތު ކުރެވޭ ފަރާތުގެ ދަރި، ނުވަތަ އެހެނިހެން ފަރާތްތަކުންވެސް ބިރު ދެއްކުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ގާޒީ އާދަމް ތަނާޒުލްވެވަޑައިގަންނަވަން ޖެހިވަޑައިގަތީ، “ތުހުމަތު ކުރެވޭ ފަރާތުގެ ދަރި އަދިވެސް ދޫވެފައި ހުރުމުން” ކަމަށާއި، އެނާ ސްޓެލްކޯގެ ވަޒީފާއެއްގައި ހުރިކަންވެސް އެމްޑީޕީއިންވަނީ ކުށްވެރިކޮށްފައިއެވެ.

މީގެ އިތުރުން އެމްޑީޕީއިން ނެރިފައިވާ ބަޔާނުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުން އަވަސް މުއްދަތެއްގައި މޭހައެއްގެ މައްސަލަ ބެލުމަށް ބެންޗެއް އެކުލަވާލައި، އެކަމުގެ އަޑުއެހުންތައް ވިދިވިދިގެން ކުރިއަށްގެންދިއުމަށް ޕާޓީއިން އެދޭކަމަށެވެ. އަދި ބިރުދެއްކުމުގެ މައްސަލައަށް 6 މަސް ދުވަސް ވެފައިވާކަމަށް ފާހަގަކޮށް އެމްޑީޕީއިން ބުނެފައިވަނީ، ތަންފީޒީ އިދާރާތަކުން އެ މައްސަލަ ސަމާލުކަމާ އެކީ ބަލައި ދައުވާ ކުރަން ފޮނުވުމަށް ނުވަތަ އެ އަމަލު ހިންގި ފަރާތް، ޓެގު އަޅުވައި މޮނީޓަރ ކުރުމަށް ޕާޓީއިން އެދޭކަމަށެވެ.

މޭ ހައެއްގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ޝަރީއަތުގެ މަރުހަލާ ކުރިއަށްގެންދިއުމާއި ހަމައަށް ގޮސްފައިވާ އިރު، އެ މައްސަލަ ބަލާ ތިން ގާޒީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ، އާދަމް މުހައްމަދު ވަނީ މަސައްކަތުން ތަނާޒުލްވެފައިއެވެ. ގާޒީ އާދަމް ތަނާޒުލްވެވަޑައިގަތީ، މޭ ހައެއްގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ އާއިލީ މެމްބަރެއް ގާޒީއަށް އިންޒާރު ދީފައިވާކަމަށް ބަޔާންކޮށް އެ ބޭފުޅާއަށް ސިޓިއެއް ލިބިލެއްވުމުންކަމަށް ފާހަގަކޮށްލެވެއެވެ. އެހެންކަމުން މި މައްސަލައިގައި ޒާތީވުމުގެ ފުރުސަތު އޮވެ އަމިއްލަ މަސްލަހަތު ހިމެނޭތީ ގާޒީ އާދަމްވަނީ ތަނާޒުލްވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: