ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އޮފީސް ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މީހެއް ހައްޔަރުކޮށްފި

ސިފައިން މާލޭގެ އެކި ސަަރަހައްދުތަކުގައި ހަތިޔާރާއެކު ފޯރިމަރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ގޮއްވާލާނެ ކަމުގެ އިންޒާރު ދިން މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފި އެވެ.

ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެކަމުގެ އިންޒާރު ދިން މީހަކު ހައްޔަރުކޮށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުމުރުން 34 ގެ އެ މީހާ އިންޒާރު ދިނީ ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަން ތިބި އެމްއެންޑީއެފް އޮފިސަރުންނަށް އަމާޒުކޮށް ކަމަށެވެ. އަދި ރައީސް އޮފީހުގައި ތިބި ވެރިން ތަނުގެ ތެރެއިން ނުނިކުތުމަށާއި، އެހެން ނޫންނަމަ ތަން ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިންކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރު ކުރީ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހުޅުމާލެ ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަަހައްޓައި މައްސަލަ ތަހުގީގު ކުރުމަށް 07 ދުވަސް ދީފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: