ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ބޮޑު ތަފާތަކުން ބަލިވާނެ: ވައްޑެ

އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިން ހަރަކާތެއްގައި.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގައި ބޮޑު ތަފާތަކުން ބަލިވާނެކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާލުވީ އިއްޔަ ބޭއްވި ބައި އިލެކްޝަންތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން ޕީޕީއެމް/ޕީއެންސީއިން 8 ގޮނޑި ކާމިޔާބިކުރިއިރު، ސަރުކާރު ހިންގާ އެމްޑީޕީއަށް ކާމިޔާބުވީ 2 ގޮނޑިއެވެ. ވަހީދު ވަނީ އެރަށްތައްވެސް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ބޮޑެތި އާބާދީތަކުން ބަލިވީމައި ކުދި ރަށްރަށުގައި ވަރަށް ތާއީދު ބޮޑުވާނެކަމަށް މީގެ ކުރިން އެމްޑީޕީއިން ބުނިކަމަށެވެ. ނަމަވެސް ނ. މަގޫދޫ، ރ. ރަސްމާދޫ، ހދ.ފިނޭއި، މ.ވޭވަށުންނާއި ތ. ގާދިއްފުށިންވެސް ވީހަމަ ބަލިކަމަށް ވަހީދު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ވަހިދު ވަނި ރައީސް ސާލިހަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުނުވާނެކަމަށް ވިދާޅުވެފައެވެ. ވާދަވެރި ހުރިހާ ފަރާތްތަކަށް ތަފާތު އެކި ސިޔާސީ ފިކުރުތަކާއިއެކުވެސް މި ވެރިކަން ބަދަލުކުރަން އެއްބަސްވެވޭކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފައްދަވާ “ދަ ޑިމޮކްރެޓްސް” ގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ވަހީދު ވިދާޅުވީ އެމްޑީޕިއިން 2018 ގައި ވައުދުވީ ނޫ އިގްތިސާދުގެ ފައިދާ ރާއްޖޭގެ ރައްޔިތުންނަށް ހޯދައިދީ، ކަނޑު ރޯދި އާއި ދިވެހިންގެ ލޭނާރުގެ ފައިދާ ހޯދައިދިނުމަށްކަމަށާއި، ނަމަވެސް މި ސިޔާސަތު ނުހިންގުނުކަމަށް ވިދާޅުވިއެވެ. އަދި ސިޔާސަތު ތަންފީޒު ނުކުރެވުނުއިރު، ރާއްޖޭގެ ކަނޑުން ބައެއްވެސް މި ސަރުކާރުން ވިއްކާލާފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: