ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު/ ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ ބިލް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށަހަޅާ އިސްލާހުގައި 2 ބިލު ހިމެނޭ ކަމަށް ރިފްއަތު ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީގެ މެމްބަރުންގެ އަދަދަކީ 7 ކަމަށް ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާގެ މެމްބަރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޖޭއެސްސީގެ މެމްބަރުންގެ ގޮތުގައި ނުހިމެނުމަށް އިސްލާހުގައި ހިމެނިފައިވާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ޝަރުއީ ދާއިރާގެ މައްޗަށް ދައުލަތުގެ އެހެން ބާރުތަކުން ނުފޫޒު ފޯރުވުން ހުއްޓުވަމަށާއި އެކަން ކުރުމަށް އެންމެ އެކަށޭނެ ގޮތެއް ހޯދުމަށް ޝަރުއީ ދާއިރާ އާއި އެނޫންވެސް ފަރާތްތަކާއި ގާނޫނީ ފަންނުގެ ދާއިރާ އާއި މަދަނީ ޖަމްއިއްޔާތަކާއި އާއްމުގެ ހިޔާލާއި މަޝްވަރާގެ އަލީގައި ކަމަށްވެސް ބަންޑާރަ ނައިބު ވިދާޅުވެފައިވެއެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަކީ އިޖްތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން މިއަދުގެ ސަރުކާރުން ވެފައިވާ އެންމެ މުހިއްމު އެއް ވައުދު ކަމަށް ރިފްއަތު ވިދާޅުވިއެވެ. އެގޮތުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް 2019 ވަނަ އަހަރު ފަށާފައިވާ ކަން ފާހަގަކޮށް އެކަމާއި ގުޅުން ހުރި 9 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި މިއަދު ހުށަހެޅުނު 2 ބިލާއި އެކު ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް ރިފްއަތު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އެ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހު ކުރުމަށް ކަމާގުޅޭ ބިލްތައް އެކުލަވާލައި، ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މީގެ ކުރިން ފޮނުވާފައިވާ ކަން ފާހަގަކޮށްލެއެވެ.

ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހެޅި މައިގަނޑު އިސްލާހުތަކަކީ ރާއްޖޭގައި ގާއިމްކުރެވިފައިވާ ޝަރުއީ ކޯޓްތައް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކުރެވޭ ޖުޑިޝަލް ޑިސްޓްރިކްޓްތަކެއްގައި ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި، ވަކިވަކި ކޯޓްތަކަށް މެޖިސްޓްރޭޓުން ޢައްޔަން ކުރާ ގޮތަށް މިހާރު އޮންނަ އުސޫލު ބަދަލުކޮށް، ކޮންމެ ޖުޑީޝަލް ދާއިރާއެއްގައި ކަނޑައެޅޭ ވަކި ޢަދަދެއްގެ ސަރކިޓްތަކެއް ގާއިމްކޮށް މެޖިސްޓްރޭޓުން ޢައްޔަންކުރަނީ ކަނޑައެޅޭ ސަރކިޓްތަކަކަށް ކަމުގައި ހަމަޖެއްސުމަށާއި، ކޯޓްތައް ހިންގުމާ ގުޅޭގޮތުން ގާނޫނުގައި ބަޔާންކޮށްފައިވާ އެނޫންވެސް ބައެއް އުސޫލުތައް އިތުރަށް ހަރުދަނާކުރަމެވެ.

ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު އިސްލާހުކުރުމުގެ މައިގަނޑު ބޭނުމަކީ، ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުއީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ޤާނޫނުގައި ކަނޑައެޅުމަށާއި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށާއި ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތަކާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް އިތުރަށް ތަފްސީލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުން ކަމުގައި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ، އިޖްތިމާއީ އަދުލުވެރިކަމުގެ ދާއިރާއިން ސަރުކާރުން ވެފައިވާ އެންމެ ބޮޑު އެއް ވަޢުދެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: