ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންޑާރަ ނައިބުގެ މައްސަލަ: މަޖިލީހުގެ އިމްތިޔާޒާއި މެދު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެ

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލިހަށް ފަރެސްމާތޮޑާ ދައިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ބަންޑާރަ ނައިބު މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލައިގައި އިމްތިޔާޒާއި މެދު މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ގެ އިތުރުން މިނިވަން މެމްބަރުން ހިމެނޭހެން ދަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން އިއްޔެގެ މަޖިލިސް، ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ވަނީ ނިންމާލާފައެވެ.

މިއަދުގެ މަޖިލީހަށް ބަންޑާރަ ނައިބުގެ މައްސަލަ ތާވަލުކޮށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރު ހުސައިން މުހައްމަދު ލަތީފަކީ ސްކިލްޑް ޕާލިމެންޓޭރިއަނެއް ކަމަށެވެ. އަދި އެ ބޭފުޅާގެ ދެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ހުސައިން މުހައްމަދު ލަތީފް ހުށަހަޅާފައިވަނީ އޭޖީގެ އިމްތިޔާޒް އާއި ބެހޭ މައްސަލަ އެއް މަޖިލީހުގެ އިމްތިޔާޒް ކޮމިޓީއަށް ފޮނުވުމާއި އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެޖީ ރިފްއަތުގެ އިމްތިޔާޒާއި ބެހޭ މައްސަލައިގައި ބަހުސް ކުރުމަށް މެމްބަރުންނަށް ވޯޓަށް ހުޅުވާލުމުން ބަހުސް ކުރަން ނުފެންނަ ކަމަށް 48 މެމްބަރުން ވަނީ ވޯޓްދީފައެވެ. އަދި ބަހުސް ކުރުމަށް ފެންނަ ކަމަށް 20 މެމްބަރަކު ވޯޓް ދެއްވިއެވެ. އެހެންކަމުން ބަހުސް ނުކުރުމަށް ނިންމި ނަމަވެސް ރިފްއަތުގެ މައްޗަށް ހުށަހެޅުނު އިމްތިޔާޒާއިބެހޭ މައްސަލަ ކޮމިޓީއަށް ފޮނުވާނެ ކަމަށް ރިޔާސަތުން އިއުލާން ކުރުމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އެކަމާއި ދެކޮޅަށް ނިޒާމީ ނުކުތާ ނަންގަވައި ވާހަކަ ދެއްކެވިއެވެ.

ޝަރީފް ވިދާޅުވީ ރިފްއަތުގެ އިމްތިޔާޒާއި ބެހޭ މައްސަލައިގެ ބަހުސް ކުރަން ނުފެނުމުން ނުވަތަ ފާސްނުވުމުން ކޮމިޓީއަށް ފޮނުވަން ނުޖެހޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ވާކަމަށާޢި އެހެން ކަމުން އެކަން އެހިސާބުން ނިމުނީ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ނަޝީދު ވިދާޅުވީ އިމްތިޔާޒާއި ބެހޭ މައްސަލަ އަކީ ކޮންމެ މެމްބަރަކަށް ކޮންމެ ވަގުތެއްގައި ހުށަހެޅޭނެ ކަމެއް ކަމަށާޢި އެކަމުގައި އެމަނިކުފާނަށް އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެކަމުގައި ކުރެވޭނެ އިތުރު ކަމެއް ނޯންާނާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ 13 މެމްބަރަކު ރިފްއަތުގެ އިތުބާރު ނެތް ކަމަށް ނަގަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި ކުރިއަށް ދެވޭނީ ދިމާވާ ހުރަސްތަކާއި ދަތިތައް ހައްލުކޮށްގެން ކަމަށާއި މައްސަލަ ހުށަހެޅި މެމްބަރުން މައްސަލަ އަނބުރާ ނުގެންދާނަމަ އެކަން ކުރިއަށްގެންދަން މަޖުބޫރު ވާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: