ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކީ ބަންޑާރަނައިބު ހިތްހަމަ ޖެހޭ ސަބަބަކަށް ވާކަށް ނުޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ސަބަބަކީ ބަންޑާރަނައިބު ހިތްހަމަ ޖެހޭ ސަބަބަކަށް ވާން ނުޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ އަހުމަދު މިފަދައިން ވިދާޅުވީ މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ 13 މެންބަރުންނަށް ފެންނަ ގޮތުގެ ސަބަބުން އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅޭނެކަމަށް ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވިދާޅުވުމާއި ގުޅިގެންނެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އިތުބާރުގެ ނެތްކަމުގެ މައްސަލައަށް ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަނައިބު ވިދާޅުވީ ސިޔާސީ މަސައްކަތުގައި ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށްވުމަކީ ދުނިޔޭގެ ތޮބިއްޔަތަށްވެދާނެކަމަށާއި، ނަމަވެސް ގާނޫނީ މަސައްކަތަކީ ތަފާތު މަސައްކަތެއްކަމަށެވެ. ދައުލަތުގެ ބާރުތަކުގެ މައްޗަށް އޮންނަނީ ގާނޫނުތަކުގެ ސިޔާސަތުކަމަށެވެ. ހިތުހުރި ގޮތަކަށް ގާނޫނު މާނަކުރުން ނޯންނަކަމަށާއި، އެކަނކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ކޯޓުތަކާއިކަމަށް ރިއްފަތު ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 133 ވަނަ މާއްދާއާއި ހިލާފަށް އޭނާ އަމަލުކޮށްފައިވާކަމަށް މަޖިލީހުގެ 13 މެންބަރުން ނިންމީ ގާނޫނުގެ ކޮން އުސޫލަކުންތޯ ރިއްފަތުވަނީ ސުވާލުކުރައްވާފައެވެ. އަދި ގާނޫނު އަސާސީގެ 101 ވަނަ ހ ގައި ސަބަބު ބަޔާންކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެކަމަށްކަން ރިއްފަތު ފާހަގަކުރެއްވިއެވެ.

ރިފްޢަތުގެ ވާހަކަތަކަށް ރައްދު ދެއްވާ ޑރ އަހުމަދު ވިދާޅުވީ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ބަޔާންކުރާ ސަބަބަކީ ބަންޑާރަ ނައިބު ހިތްހަމަޖެހޭ ސަބަބަކަށް ވާކަށް ނުޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒަރުގައި އެސަބަބަކީ އިތުބާރު ގެއްލޭ ފަދަ ސަބަބަކަށް ވާނަމަ، ދުސްތޫރީ ގޮތުން ކުރެވޭނެ ޗެލެންޖެއް ނޯންނާނެ ކަމަށް ޑރ އަހުމަދު ވިދާޅުވިއެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ  ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ދިހަ މެންބަރުން، ސަބަބު ބަޔާންކޮށް، ސޮއިކޮށް ހުށަހަޅާ ހުށަހެޅުމަކުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށެވެ.

ރިފްޢަތު ވިދާޅުވެފައި ވަނީ ޗާގޮސްގެ މައްސަލައިގައި ވަކާލާތުކުރި ގޮތާއިމެދު، މަޖިލީހުގެ ރައީސް އާއި، މަޖިލީހުގެ 13 މެންބަރުންނަށް ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫންކަމަށެވެ. އަދި ތަކުރާރުކޮށް ރިއްފަތު ވިދާޅުވީ މި މައްސަލައިގައި އޭނާ އިސްކޮށްފައިވާނީ ރާއްޖޭގެ މަސްލަހަތުކަމަށެވެ. ކުރީ ސަރުކާރުތަކުން އިހުމާލުވެފައި އޮތް މި މައްސަލައިގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ރާއްޖެއަށް ހޯދައިދިނީ ކާމިޔާބީކަމަށް ރިއްފަތު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: