ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުވާ ކުރާ ދުވަހު ނަޝީދުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ: ކުރީގެ އުއްތަމަ ފަނޑިޔާރު

ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ރައްޔިތުންގެ މަޖިލީޙުގެ ޖަލްސާގެ އެޖެންޑާއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރެވިގެން ނުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ.އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ ޤާނޫނީ ހުވާކުރުން މި މަހު 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބޭއްވުމަކީ ދައުލަތުގެ މައްޗަށް އަދާކުރުން ލާޒިމުވެގެންވާ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމަށާއި އެ ޤާނޫނީ ހުވައިގެ މައްސަލަޔަކީ މަޖިލީހުގެ ޖަލްސާޔަކަށް ހުށަހަޅައި، މަޖިލީހުގައި ބަޙުޘުކުރެވި، ވޯޓަށް އަހައި މަޖިލީހުން ގޮތެއް ނިންމަންޖެހޭ ބާވަތުގެ މައްސަލައެއް ކަމަށް ދެކިނުލައްވާ ކަމަށެވެ.

މީގެ އިތުރުންވެސް ޑރ.އަހްމަދު ވިދާޅުވީ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ދުސްތޫރީ އައުލަވިއްޔާތު ނުވަތަ “ޕްރަޔޮރިޓީސް” ޙިމާޔަތްކޮށް ނެގެހެއްޓުމަކީ، ސިޔާދަތުގެ އެންމެ އިސްވެރިން ކަމުގައިވާ ދިވެހި ރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި މިމަހު 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކިލަބުކުރުމަށް އެއްވެސް ފަރުދެއް ވިއަސް އަދި ޖަމާޢަތެއްގެވެސް ވިސްނުން ހުރެގެން ނުވާނެ ކަމަށް ޑރ.އަހްމަދު އަބްދުﷲ ދީދީ ގޮވާލެއްވިއެވެ.

ޑރ.އަހްމަދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އިންތިޚާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާގައި ފުރަތަމަ ކުރަން ޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުންކަމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގެ އަޑުއެހުމުގައި އެމްޑީޕީ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ވާހަކައަށް ދެއްވި ރަށްދެއްގެ ގޮތުގައެވެ.

އެމްޑީޕީގެ ވަކީލު ކޯޓުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރަން ހުށައަޅާ ގަރާރެއްގެ މަސައްކަތް ނުނިންމާ މަޖިލީހުގައި އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށެވެ. އަދި އެ އުސޫލުން އިންތިޚާބީ ރައީސް ހުވާކުރައްވާ ޖަލްސާއަށް ވެސް ފެތޭނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: