ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހަށް ދެވަނަ ދައުރެއް ލިބުމަށްވުރެ ބޮޑު ކާރިސާއެއް ނާންނާނެ: ޑރ އަހުމަދު

ޖޭއެސްސީއިން ބަލަމުންދާ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ލިބުމަށްވުރެ ބޮޑު ކާރިސާއެއް ރާއްޖެއަށް މެދުވެރިނުވާނެކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް ސާލިހުވަނީ އެމަނިކުފާނު ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި 25 އަހަރު ދުވަހަށްވުރެ ރައީސްކަމުގެ މަގާމު ފަސޭހަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ޒިންމާ އަދާކުރެއްވުމުގެ ތެރެއިން ނިންމަވާ ނިންމެވުންތަކުގައި މިހާތަނަށް އެއްވެސް ގޯހެއް ހެއްދެވިފައި ނެތްކަމަށާއި އެހެންކަމުން އެކަމާއި އުފާކުރައްވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަތަކަށް އިޝާރާތްކުރައްވާ އަހުމަދުގެ އަމިއްލަ ޓްވިޓަރ އެކައުންޓު މެދުވެރިކޮށް އޭނާވަނީ ރައީސް ވިދާޅުވި ވާހަކަތަކަށް ފާޑުވިދާޅުވެފައެވެ. އަހުމަދު ވިދާޅުވީ، ރައީސް ސާލިހަކީ ހެދެނީ ގޯހެއްކަން ނުވަތަ ގޯހެއް ނޫންކަން ވަޒަންކޮށް ދެނެގަތުމުގެ ގާބިލުކަން ލިބިގެންވާ މީހެއްކަމާއިމެދު ޝައްކުކަމަށެވެ. އަހުމަދު ވިދާޅުވީ، ރައީސް ސާލިހު ގާނޫނުއަސާސީ އަދި ގާނޫނުތަކާއި ހިލާފަށް ހިންގާފައިވާ އަމަލުތައް އަދި ހައްދަވާފައިވާ ގޯސްތަކުގެ ތަފްސީލުތައް ބަޔާންކުރެއްވުމަށް އެތައް ސަތޭކަ ސަފްހާއެއް ބޭނުންވާނެކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމަށްވުރެ ބޮޑު ކާރިސާއެއް ރާއްޖެއަށް މެދުވެރި ނުވާނެކަމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: