ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ގަރާރު ގާނޫނު އަސާސީ އާއި ހިލާފު: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަބްދުﷲ ދީދީ/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައަށް އިންޑިއާގެ ނުފޫޒު ވަދެ ގައުމުގެ މިނިވަންކަމަށް ބުރޫއަރަމުންދާކަމަށް ބުނެ އިދިކޮޅުން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ގާނޫނު އަސާސީއާއި ހިލާފުކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސަރުކާރުގެ ނުފޫޒު ގަދަވެ ދިވެހި ފަސްގަނޑާއި ރައްޔިތުންގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ބުނެ އެ ހައްގުތައް ކަށަވަރުކުރުމުގެ ނަމުގައި ހިންގަމުންދާ “އިންޑިއާ އަައުޓް” ކެމްޕެއިންއަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށާއި މިކަމުގެ ސަބަބުން ގައުމީ ސަލާމަތައް ނުރައްކާވެފައިވާކަމަށް ކަންޑައަޅައި ރައީސުލް ޖުމުހޫރިއްޔާ ސޮއިކޮށް ގަރާރެއް ނެރުމާއި ގުޅިގެން، ހިންގަމުންދާ ހަރަކާތް ތަކުގެ ތެރެއިން މާލޭގެ ބައެއް އިމާރާތްތަކުގައި ކެމްޕެއިންގެ ޝިއާރު ޖަހާ ދެމިފައިވާ ބެނާތައް ފުލުހުންގެ މުއައްސަސާއިން ވަނީ ނަގާފައިއެވެ.

ރައީސް ނެރުއްވި ގަރާރާއި މެދު ގާނޫނީ ސުވާލު އުފައްދައި ޑރ. ދީދީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާއާއި ހަވާލާދީ ގަރާރެއް ނެރުމަކީ، ބާތިލު އެއްޗެއް ސައްހަވެގެން ދާނެ ސަބަބެއް ނޫން ކަމަށެވެ. އަދި މި ގަރާރަކީ ގާނޫނާއި ހިލާފު އެންގުމެއްގެ ގޮތުގައި ސިފަކުރަށްވާ ޑރ. ދީދީ ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ ބާރު ހިނގާ އެއްވެސް ސަރަހައްދެއްގައި ގަރާރު ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

ރައީސް ސާލިހު ސޮއިކުރައްވައި ނެރުއްވައިފައިވާ ގަރާރުގައި ވާނީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ހިޔާލުފާޅުކުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް އެންމެ ފުޅާ މިނެއްގައި ތަންދިނުކަމަށްވީ ހިނދު ރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި މިކަމުގެ ނާޖާއިޒު ފާއިދާތައް “އިންޑިއާ އައުޓް” ކެމްޕެއިންގެ ފަރާތުން ނަގަމުން ދާކަމަށެވެ. އަދި ނަސްލީ ތަފާތުކުރުން ނައްތާލުން ފަދަ އެތަކެއް ބައިންލަންއަގުވާމީ އެއްބަސްވުންތަކެއްގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެވެފައިވާ ކަމަށާއި އެ މުއާހަދާތަކުގެ ދަށުން މަސައްކަތް ކުރަށްވާ ބޭފުޅުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ “ހޮސްޓް ނޭޝަން” ގެ ޒިއްމާއެއްކަމުގަ އެވެ.

މީގެ އިތުރުން އިންޑިއާއި ދެކޮޅަށް ކުރިޔަށްދާ މި ކެމްޕެއިން އަކީ ޖާއިޒް މަގްސަދެއް ނެތް ސިޔާސީ މަންފާއަކަށް ހިންގަމުންދާ ހަރަކާތެއް ކަމަށާއި މިފަދަ ކަންކަމަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަންޖެހޭ އަމަލުތައްކަމަށް ވެސް ގަރާރުގައި ވެއެވެ.

އިދިކޮޅުން ވަނީ ރައީސްގެ ގަރާރު ބާތިލުކަމަށް ކަނޑައެޅުމަށް މައްސަލަ ކޯޓަށް ހުށަހަޅާނެކަމަށް ހާމަކޮށްފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: