ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓަށް އަތްބާނަން އެންމެ ފުރަތަމަ ކުރާނެކަމަކީ ފުއާދު ބޭރުކޮށް އެ މަގާމަށް ޅިޔަނެއް ލުން: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ އިތުބާރު ނެތްކަމަށް ދެއްކުމަށްފަހު، އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އާއިލީ ބޭފުޅަކު ލުމަށް ވިސްނާވަޑައިގެންފައިވުން އެކަށީގެންވާކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

އަލަށް އުފެއްދުމަށް މަސައްކަތްކުރަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީ ރެޖިސްޓްރީ ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ފުއާދުވަނީ އިލެކްޝަންސްގެ ތެރޭގައި އޭނާއަށް އިތުބާރު ގެއްލިފައިވާކަމުގެ ވާހަކަތައް ދެކެވެމުންދާކަމަށް ފާހަގަކުރައްވާފައެވެ. ރައީސް ސާލިހުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރެއްކަމަށްވާ އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުވެސް ވަނީ ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތަކުގެ މެދުގައި ފުއާދަށް އިތުބާރު ގެއްލިފައިވާކަމުގެ އިޝާރާތްތަކެއް ކުރައްވާފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާކަމަށެވެ. އެހެންކަމުން ވަކި ސިޔާސީ ބައެއްގެ މުށުތެރޭގައި ފުއާދު ހުންނެވުމަކީ، އިލެކްޝަންސްގެ މައްޗަށް ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ގެއްލި ތަފާތު ޝަކުވާތަކެއް އުފެދިގެންދިއުމުގެ ޖާގަ ލިބިގެންދާނެކަމެއްކަމަށެވެ.

ޝިފާއުގެ ފާޑުކިޔުންތައް ފުއާދަށް އަމާޒުކުރެއްވުމާއިއެކު، ފިކުރެއްގެ ދިރުމުގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވަމުންދާ މެމްބަރު ވަހީދުވަނީ ފުއާދު ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އެކަކަށް އެންމެ އިތުބާރު ކުރާ މީހަކަށް ފުއާދު ވާނެކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރަށް ތާއީދުކުރައްވާ ފަރާތްތައް މިހާރު އަމަލުކުރައްވަމުންދާ ގޮތަށް އަމަލުކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ބަލިވާނެކަން ޔަގީންވުމުންކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި އެންމެ ފުރަތަމަވެސް ވިސްނާނީ ފުއާދު ބޭރުކޮށްލުމަށްކަމަށެވެ. އޭނާ ވިދާޅުވީ، ފުއާދު ބޭރު ކުރުމަށްފަހު، އެ މަގާމަށް އައްޔަނު ކުރާނީ ރައީސް ސާލިހުގެ ޅިޔަނެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ އަންނި ބޯވަތައް އުޅެފަ ތިބި ގޮތް. އެންމެންގެ ކުރިމަތީ ދެފުއް ފެންނަ ގޮތަށް އޮޅުވާލުމެއްނެތި އިބޫ އިންތިޚާބު ކާމިޔާބުކުރާނީ އެއްބުރުން. ކާމިޔާބު ކުރީމަ ތިބެގެން ކިޔާނެ ފާހަގަ ވެއްޓޭވާހަކަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: