ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިލު ދިނުމުން އަމާޒުވާ ތުހުމަތުތަކަށް ހައްލު ހޯދޭނެކަމުގެ ފެހި ސިގްނަލް ލިބިއްޖެ: ޝަރީފް

‎ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަހުގެ ހަފުލާގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް ބިލް ދިނުމުން އަމާޒުވާ ތުހުމަތުތަކަށް ހައްލު ހޯދޭނެކަމުގެ ފެހި ސިގްނަލް ލިބިއްޖެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވެވި ހަފްލާގައި ޝަރީފް ވިދާޅުވީ މިއީ ސްޓެލްކޯއަށް ހާއްސަ ދުވަހެއްކަމަށާއި، އަދި ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތުގެ ހަޔާތުގައިވެސް ވަރަށް މުހިންމު ދުވަހެއްކަމަށެވެ.

ޝަރީފްގެ ވާހަކައިގައި މި ޖަލްސާ ޝަރަފުވެރިކޮށް ދެއްވި ނަިއބު ރައީސް ފައިސަލް ނަސީމަށް ތައުރީފު ކުރެއްވިއެވެ. އެގޮތުން ޝަރީފް ވިދާޅުވީ ވަރަށް ގިނަ ނައިބު ރައީސުންނާއިއެކު މަސައްކަތް ކުރެއްވިއްޖެކަމަށާއި، ނަމަވެސް މިފަދަ ރައްޔިތުންގެ ހިދުމަތަށް އިސްކަންދެއްވާ ނައިބު ރައީސްއަކާއިއެކު މަސައްކަތްކުރެވިފައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ. ރައްޔިތުންނާއި ގުޅުންހުރި ކަންކަން ނައިބު ރައީސް ގެންދަވަނީ ވަރަށް ކައިރިން މަސައްކަތް ކުރަމުންކަމަށް ފާހަގަކޮށް ޝަރީފް ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ވަރަށް އިހުލާސްތެރި މަޝްވަރާއަކާއި އިރުޝާދުދެއްވާ އަދި އެކަންތައްތައް އަމަލީ ގޮތުން ބައްލަވަމަުންގެންދަވާ ބޭފުޅެއް. އަޅުގަނޑު އެކަމަށް ހެކިވަން.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ދޭ ހިތުމަތުގައި ދެވަނަ އެއް ނެތްކަން ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށެވެ. ސްޓެލްކޯއާއި އެއް ފެންވަރެއްގައި ހިދުމަތް ދެވޭނެ ކުންފުންޏެއް އަދި ވުޖޫދުގައި ނެތްކަމަށާއި، ސަބަބަކީ ކުންފުނީގައި ހުނަރުވެރި، ގާބިލް އަދި އިހުލާސްތެރި މުވައްޒަފުންތަކެއް ތިބުންކަމަށް ޝަރީފް ވިދާޅުވިއެވެ. އެފަދަ މުވައްޒަފުން ތައްޔާރުކުރެވިފައި މިވަނީ އެންމެ އަހަރަކުން ނޫންކަމަށާއި، އެތައް އަހަރެއް އަދި އެތައް ބައެއްގެ ބުރަ މަސައްކަތަކުންކަމަށް ފާހަގަކޮށް ޝަރީފް ވަނީ މީގެ ކުރިންވެސް ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީނުދިނުމާއި މިފަދަ ކަންތައްތައް ކޮށްދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ސްޓެލްކޯގެ އަކީ ދިވެހި ރައްޔިތުންނަށް ހިދުމަތްކުރުމަށް ސަރުކާރުން އުފައްދާފައިވާ، ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏެއްކަމަށް ފާހަގަކޮށް ޝަރީފް ވިދާޅުވީ ކަރަންޓުގެ ހިދުމަތް ދިނުމަށް އުފެއްދި މި ކުންގުނިން މިހާރު ކަރަންޓާއި، ފެނާއި، ނަރުދަމާގެ ހިދުމަތްވެސް ދޭކަމަށެވެ. އާރޯ ޕްލާންޓް އުފެއްދުމުގެ ގާބިލްކަން ސްޓެލްކޯއަސް ލިބިގެންވާކަމަށާއި، ބޯ ހޯލް ތޮރުފުމުގެ ގާބިލްކަންވެސް ލިބިގެންވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް، އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައިި އަޅުގަނޑުމެންނަށް އެ އަމާޒަށް ވާސިލްވެވޭނެކަމުގެ ފެހި ސިގްނަލް މިހާރު ވަނީ ލިބިފަ، އެ ސިގްނަލަކީ އެ ކަމަކީ އަޅުގަނޑުމެންނަށް ސްޓެލްކޯއަށް، ސްޓެލްކޯގެ މުވައްޒަފުންނަށް، ސްޓެލްކޯގެ ހިދުމަތްތެރިންނަށް ކޮންމެ މަހެއްގައި ރައްޔިތުންނާއި ބިލް ހަވާލުކުރެވުމުން އަމާޒުކުރެވޭ ތުހުމަތަށް ހައްލެ ހޯދުމުގެ މަސައްކަތް.

މިފަދަ ބައެއް ހިދުމަތްތަކަކީ، ސްޓެލްކޯއަށް އައު ހިދުމަތެއް ނަމަވެސް، މި ހިދުމަތްދޭ އެހެން ކުންފުނިތަކާއި އެއްވަރަށް ހުނަރުވެރި ގާބިލް މުވައްޒަފުންތަކެއް ސްޓެލްކޯގައި މިހާރު އެބަތިބިކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ކުންފުނީގެ މުވައްޒަފުންނަށް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައްޔިތުންނާއި ބިލް ހަވާލުކުރެވުމުން އަމާޒުވާ ތުހުމަތުތަކަށް ހައްލު ހޯދުމުގެ ފެހި ސިގްނަލް ދިއްލިފައިވާކަމަށެވެ. އަދި ރައްޔިތުން ބޭނުންނުކުރައްވާ ކަރަންޓަކަށް ސްޓެލްކޯއިން ބިލްނުކުރައްވާނެކަމުގެ ޔަގީންކަން ޝަރީފްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: