ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާލިހަށް ރާއްޖޭގެ 58 އިންސައްތަ ރައްޔިތުން ވޯޓު ދިނީ އެމްޑީޕީގެ ވިސްނުމާއި އެގޮތަށް ވެރިކަންކުރުމަށް: ވައްޑެ

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ).
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 58 އިންސައްތަ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންތިހާބު ކުރެއްވުމަށް ވޯޓު ދެއްވީ އެމްޑީޕީގެ ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެކަމުގެ އުންމީދުގައިކަމަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ވަހީދު ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީ އޮޕޮޒިޝަންގެ ގޮތުގައި ވާދަކޮށް، 25 އިންސައްތަ ރައްޔިތުންގެ ވޯޓު ލިބިގެންދިޔަކަމަށެވެ. އޭނާ ވިދާޅުވީ އެއަށްފަހު، ތިން އަހަރުގެ މަސައްކަތްތައް ފެނިިގެންދިއުމާއިއެކު، އެކަމަށް ރިއާޔަތްކޮށް 2013 ވަނަ އަހަރުގެ އިންތިހާބުގައި 49 އިންސައްތައާއި ގާތް ކުރާ އަދަދަކަށް ވޯޓު ލިބުނުކަމަށެވެ.

ވަހީދު ވިދާޅުވީ، ރައީސް ސާލިހަށް ވެރިކަމަށް ވަޑައިގެންނެވުނީ އެ ތާއީދުގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ 58 އިންސައްތަ މީހުން ރައީސް ސާލިހަށް ވޯޓު ދެއްވީ ރައީސް ނަޝީދު އަދި އެމްޑީޕީގެ ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެކަމަށް ދެކިވަޑައިގެންކަމަށެވެ. އޭނާ ވިދާޅުވީ، ކޯލިޝަނަކުން އައި ނަމަވެސް އެ އަހަރުގެ ވޯޓުގައި އެމްޑީޕީއަށް ލިބުނު ވޯޓުގެ ހިއްސާ 50 އިންސައްތައަށްވުރެ ބޮޑުވާނެކަން ކަށަވަރުކަމަށެވެ.

ވަހީދު ވިދާޅުވީ، އިސްވެ ދެންނެވި ގޮތަށް ކަން އޮތް އިރު، ރައީސް ސާލިހުގެ ފަސް އަހަރުގެ ދައުރު ނިންމަވާލައްވަނީ އެ އަދަދަށް އެންމެ އިންސައްތައެއްވެސް އިތުވެގެންދާވަރުގެ އިތުބާރެއް ލިބިވަޑައިނުގެންކަމަށެވެ. އޭނާ ވިދާޅުވީ ވަކިން އެއްވެސް ޕާޓީއަކަށް އިންތިހާބު ކާމިޔާބު ނުކުރެއްވޭނެކަމަށް ރައީސް ވިދާޅުވާނީ، 2 އިންސައްތައިގެ ވޯޓުވެސް އިތުރުވެގެންދާނެފަދަ ގޮތަކަށް އެމަނިކުފާނަށް މަސައްކަތްތައް ކުރެއްވިފައިނުވާކަމަށް އަމިއްލަފުޅަށްވެސް ގަބޫލުކުރެއްވޭތީކަމަށެވެ.

އޭނާ ވިދާޅުވީ، ހަގީގަތަކީ ރައީސް ސާލިހު ކޯލިޝަން ހެއްދެވުމުގައިވެސް ނާކާމިޔާބުވެވަޑައިގެންފައިވާކަންކަމަށެވެ. ވަހީދު ވިދާޅުވީ، އެމަނިކުފާނަށް އަމިއްލަ ޕާޓީވެސް ނުހިފެހެއްޓުންކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުވަނީ އެމްޑީޕީވެސް ފުނޑުފުނޑުކޮށްލައްވާފައިކަމަށެވެ. އެގޮތުން 39000 މެމްބަރުން ޕާޓީއިން ބޭރުކޮށްލެއްވިކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ޕާޓީއާއި 13 މަޖިލިސް މެމްބަރެއް ވަކިވެވަޑައިގެންފައިވާކަމަށް ވަހީދު އަލިއެޅުއްވިއެވެ.

އޭނާ ވިދާޅުވީ، އެހެންކަމުން ރައީސް ސާލިހަކީ އެމްޑީޕީއިން އޭރު ހުށައެޅި ގޮތަށް ރައްޔިތުންގެ ދިރިއުޅުމަށް ފަހި ބަދަލުތަކެއް ގެނެސްދެއްވޭނެވަރުގެ ގާބިލުކަމެއް ހުންނެވި ބޭފުޅެއް ނޫންކަން ރާއްޖޭގެ ރައްޔިތުންނަށް މިހާރު ސާފުވެވަޑައިގަންނަވާނެކަމަށެވެ. ވަހީދު ވިދާޅުވީ، އެ މަސައްކަތްތައް ކުރެއްވުމަށް ބޭނުންވާ ތެދުވެރިކަމާއި އިހުލާސްތެރިކަމެއްވެސް އެމަނިކުފާނުގެ ކިބައިގައި ނެތްއިރު، އެ ފެންވަރާއި ސްޕީޑާއި އެކަމަށް ބޭނުންވާ ޝައުގުވެރިކަމުގެ އިތުރު ހަރަކާތްތެރިކަންވެސް އެމަނިކުފާނުގެ ކިބައިގައި އެއްގޮތަކަށްވެސް ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: