ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ޕީޖީ ޝަމީމް އާއި ބައްދަލުކުރިތީ މާ ގިނަ އިރުތަކެއް ނުވެ، ޝަމީމް ރައީސް އޮފީހަށް

ޕޮރޮސިކިއުޓަރ ޖެނަރަލް ހުސެން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ޕްރޮސެކިއުޓާ ޖެނެރެލް ހުސައިން ޝަމީމްއާއި ބައްދަލުކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ، ޝަމީމް ރައީސް އޮފީހަށް ވަޑާއިގެންފިކަން ހާމަވެއްޖެއެވެ.

މިއަދު އިދިކޮޅުން ޝަމީމް އާއި ބައްދަލުކުރީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައިގައެވެ. މި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ އިދިކޮޅުން ވާހަކަދައްކަވާފައިވާއިރު އިދިކޮޅު ކޮންގްރެސް ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ މައްސަަލައިގައި ހައި ކޯޓަށްވުރެ، ދަށު ކޯޓަށް އިސްކަންދެއްވާކަމަށެވެ. މިއީ ސަބަބުވެރި އިންސާނެއްގެ ބުއްދިން ވިސްނޭނެކަމެއް ނޫންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ އިސްތިއުނާފީ މައްސަލަ ލަސްވާކަމުގެ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވާކަމަށްވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޓިވީއެއްގެ ސިޔާސީ ޕްރޮގްރާމްއަކަށް ޕީޖީ ޝަމީމް އަރައިވަޑައިގަންނަވާ ޝަރީއަތުގައި އޮތް މައްސަލައަކާއި ގުޅޭ ގޮތުން ވާހަކަދެއްކެވިކަން ފާހަގަކޮށް އަބްދުލްރަހީމް ވިދާޅުވީ، މިއީ ކޮށްގެންވާނެކަމެއް ނޫންކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އެބޭފުޅުން ޕީޖީއާއި ބައްދަލުކުރެއްވީވެސް މި ޝަކުވާތައް ހުށައެޅުމަށެވެ. މި ވާހަކަތައް ޕީޖީ ވަރަށް ރަނގަޅަށް އަޑުއެއްސެވިކަމަށާއި، އަދި އެބޭފުޅާ ދެކިލައްވާ ގޮތްވެސް އިދިކޮޅާއި ހިއްސާކުރެއްވިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަދި އިދިކޮޅުގެ ކަންބޮޑުވުންތައް ނޯޓުކުރެއްވިކަމަށްވެސް ޕީޖީ ވިދާޅުވިކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

އިދިކޮޅުން ނޫސްވެރިންނާއި މި މައުލޫމާތުތައް ހިއްސާކުރެއްވިތާ މާ ގިނަ އިރުތަކެއް ނުވެ ޕީޖީ ޝަމީމް ރައީސް އޮފީހަށް ވަޑައިގެންނެވިކަން “ސަންގަށް” ވަނީ އެނގިފައެވެ. އަދި ޝަމީމް ވަޑައިގެންނެވިއިރު، ރައީސް އޮފީހުގައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝަހިދު ތިއްބެވިކަންވެސް ހާމަވިއެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 67%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިހިރަދަނީ ކަންކަން އޮޅެމުން ނިއުޅެމުން ދައުލަތުގެ ފީޖީތޯ ސަރުކާރުގެ ޕީޖީތޯ މިހާރު އޮޅިއްޖެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: