ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޖީން ރައީސް ސާލިހަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ނުކުރަނީ މަގާމުން އެކަހެރިކޮށްފާނެކަމުގެ ބިރުގައި: ޖަމީލް

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮސެކިއުޓާ ޖެނެރަލްއިން ރައީސުލްޖުމްހުރިއްޔަ އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށް އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ކުރެވޭ ތުހުމަތުތައް ތަހުގީގުކުރުމަށް އަމުރު ނުކުރަނީ މަގާމުން އެކަހެރިކޮށްފާނެކަމުގެ ބިރަށްގައިކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ނާއިންސާފުން ހުކުމެއް އިއްވާފާނެތޯ ސަންގު ޓީވީގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ސުވާލުކުރުމުން ޖަމީލް ވިދާޅުވީ، ޖުޑިޝަރީ ނިޒާމުގައި އެމްޑީޕީއަށް އިތުބާރު ނުކުރެވޭނެކަމަށެވެ.

ޖުޑިޝަރީ ނިޒާމުގެ ތެރެއިން އެމްީޕީން ޖަހަން އެއުޅޭ ސަކަރާތް ނުޖެހޭނެކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގައި މަޖިލީހަށް ދިން ލިސްޓުގައި 270 މީހުންގެ ނަން ހިމެނޭކަމަށާއި މިކަމުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށްވެސް ސީރިއަސް ތުހުމަތުތަކެއް ކުރެވޭކަމަށެވެ.

ގާނޫނު އަސާސީގެ 126 ވަނަ މާއްދާގެ ދަށުން ގައުމުގެ ރައީސަކަށް ހުންނަވާ ބޭފުޅެއްގެ މައްޗަށް ތަހުގޫީގެއް ހިންގުމަށް މަނާނުކުރާކަމަށް ފާހަގަކުރައްވާ ޖަމީލް ފާހަގަކުރެއްވީ މަޖިލީހުން ފާސްކޮށްފިނަމަ ހަމައެކަނި ފަސްކުރެވޭނީ ދައުވާކުރުންކަމަށެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް އެފަދަ ތުހުމަތެއް ރައީސުލްޖުމްހުރިއްޔާއަށް ކުރެވެނީނަމަ މައްސަލަ ތަހުގީގުކުރުމަށް އަމުރު ކުރެވިދާނެކަމަށް ވިދާލުވެ ޖަމީލް ސުވާއުފެއްދެވީ އެފަދައިން ކަންތައް ނުކުރައްވަނީ ކީއްވެގެންތޯއެވެ.

” މިއި ހިޔާލީ ވާހަކައެއް، ތިއޮރޮޓިކަލީ މިހެން އޮތްކަމުގައިވީ ނަމަވެސް އަމަލީ ގޮތުން ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމު އޮތް ގޮތުން ބަލާކަމުގައިވަނީނަމަ، އެބޭފުޅާއަށް ބިރުއާދޭ” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ފާހަގަކުރެއްވީ މިފަދައިން ގާނޫނު އޮތް ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލް އެހެން މަސައްކަތް ނުކުރައްވަނީ މަގާމުން ދުރުކޮށްފާނެކަމުގެ ބިރުގައިކަމަށެވެ.އެހެންކަމުން ރައީސް ސާލިހުގެ ތަހުގީގެއް ހިންގުމަށްޓަކައި ޕްރޮސެކިއުޓަރަށް އަމުރުކުރެވޭނީ ކިހިނަކުންތޯ ޖަމީލް ސުވާލުއުފެއްދެވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި 270 އެތައް މީހެއްގެ ނަން އޮތްއިރު، އެމްޑީޕީގެ މެންބަރުންނާއި އެހެން ފަރާތްތަށްވެސް ހިމެނޭކަމަށް ފާހަގަކުރައްވާ ޖަމީލް އަނެއްކާވެސް ސުވާލުއުފެއްދެވީ އޭގެތެރެއިން އެއްވެސް ފަރާތެއްގެ މައްޗަށް ތަހުގީގެއް ނުހިންގާ ހަމައެކަނި ރައީސް ޔާމީންގެ މައްޗަށް ތަހުގީގު ހިންގުމުން، މިކަމުގައި އިންސާފު އޮތްތޯ އިންސާނީ ހަމަ ބުއްދިން ވިސްނާ ގަބޫލުކުރާނީ ކާކުކަމާއިމެދުއެވެ.

އެއް މައްސަލައިގެ ތަހުގީގެއް ނިމޭއިރަށް އަނެއް މައްސަލައިގެ ދައުވާ އުފުލާކަމަށް ފާހަގަކުރައްވާ ޖަމީލް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އެއް ގޮތެއް ނެތިއްޔާ އަނެއް ގޮތުން ރައީސް ޔާމީން އަށް ލޮޓިއެއް ދެއްވުމަށްޓަކައިކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އާރަށުގެ ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވިކަމަށެވެ.

ނަމަވެސް އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ބުނަމުން އަންނަނީ މިއީ ސިޔާސީ ދައުވާއެއްކަމަށެވެ.

މިފަދައިން ފާހަގަކުރަމުން އަންނަ އިރު ދާދިފަހުން މި މައްސަލައާއި ގުޅިގެން ކުރިއަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތެއްގައިވެސް ވަނީ ޗެއިން އޮފް ކަސްޓަޑީގައި ނުބައި ތާރީހެއް އޮތް މައްސަލައެއް ފެންމަތިވެފައެވެ.

ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ވަކީލުންގެ ފަރާތުން ވެސް ބޮޑެތި ގޯސްތައް ހަދާ މައްސަލަތައް ވަނީ ފެންމަތިވެފައިވާއިރު، އޭގެ ތެރޭގައި ރައީސް ޔާމީންގެ މައްސަލަ ފާހަގަކުރެވެއެވެ.

މިފަދަ މައްސަލަތަކަކާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރެލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް މަގާމުން ވަކި ކުރުމަށްވެސް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕަށް ހުށަހެޅުނެވެ. ނަމަވެސް އެ މައްސަލަ ކުރިޔަށް ނުގެންދެވިފައިނުވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: