ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ވެރިއެއްގެ ސިފަ ނެތް، ދައުރު ހޭދަކުރީ އެ ސިފަ ޖެއްސޭތޯ: ވައްޑޭ

އްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

2018 ގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރެއްވީ، ވެރިއެއްގެ ސިފަ ނެތުމުން އެ ސިފަތައް ގެނައުމަށްކަމަށް އުނގޫފާރު ދާއިދާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސް ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި ވައްޑޭ ވިދާޅުވީ، ރައީސް ސޯލިހު ދައުރެއް ހޭދަކުރެއްވީ ވެރިއެއްގެ ސިފަ އެމަނިކުފާނުގެ ނެތުމުގެ ސަބަބުން ދުނިޔޭގެ އެހެން މަޝްހޫރު ބޮޑެތި ލީޑަރުން އުޅުއްވާ ގޮތް ކޮޕީ ކުރެއްވުމުގައި ކަމަށެވެ.

ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑުކިއުން އަމާޒުކޮށް ވައްޑޭ ވިދާޅުވީ، އެންމެ ފުރަތަމަ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ބޭނުންކޮށް އެކި ފޯރަމްތަކާއި ޖަލްސާތަކުގައި ވާހަކަ ދައްކަން ފެށުމުން އެއީ ކިރިޔާ ހިޔާނާތެއްގެ އަޑުއިވޭއިރަށް އެކަމަކަށް ފިޔަވަޅު އެޅުންކަމަށް ފާހަގަކުރި ކަމަށެވެ. އެމްއެމްޕީއާރުސީގެ މައްސަލަ މިސާލެއްގެ ގޮތުގައި ނަންގަވައި ވައްޑޭ ވިދާޅުވީ ވެރިކަމުގެ ދައުރު އެއްކޮށް ނިމިގެން ދަނީ އެ ހިޔާނާތުގައި ދައުލަތަށް ގެއްލުނު އެންމެ ފައިސާއެއް ވެސް ނުހޯދި ކަމަށެވެ.

ވައްޑޭ ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި ވެސް ހިޔާނާތުގެ ކުލަތައް ނުޖެހި ހުރި އެތައް މުވައްސަސާއެއްގައި އެ އަސަރު ޖެހިގެން ދިޔައީ މި ސަރުކާރުގައި ކަމަށެވެ.

ފެނަކައިގެ ކޮރަޕްޝަން ހަމަ މި ބޯމިނުގަ.. ހަމަ ހިނދާލައިގެން އެ ހުންނަވަނީ.. ފެނަކައިގެ ވައްކަމުގެ ވާހަކަ އެންމެ ފަހުން ސިޓީއަކުން ދަންނަވާފައި، ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާ ދިން މީހާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވާފައި އެތަނުގައި އެ ހުންނަނީ.. ފެނަކައިގައި ހިނގާ ވައްކަން ހަމަ ބަރާބަރަށް ހިނގަމުން އެދަނީ.. އާރުޑީސީން ކުރަމުންދާ ވައްކަންތައް ހަމަ ބަރާބަރަށް ހިނގަމުން އެދަނީ..

ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި އެކު، އެ ކޮރަޕްޝަނަށް އެއްވެސް ހުއްޓުމެއް ނެތި ކުރިޔަށްދާއިރު އެކަމުގެ ގެއްލުންތައް ލިބެނީ ރައްޔިތުންނަށްކަމަށް ވައްޑޭ ވިދާޅުވި އެވެ.

2023 ގެ ރިޔާސީ އިންތިހާބާއި ކުރިމަތިލީއިރު ރައްޔިތުން ތިބީ ސަރުކާރަށް ވޯޓު ދޭން ބޭނުންވެފައި ނޫންކަމަށް ވައްޑޭ ވިދާޅުވި އެވެ. އަދި ރައީސް ސޯލިހު ތަކުރާރުކޮށް އެކަނި ކެނޑިޑޭޓެއް ނިކުމެ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެކަމަށް ބުނާ އެންމެ ބޮޑު ސަބަބަކީ އެއީކަމަށް ފާހަގަކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: