ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށް: ރައީސް ސާލިހު

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ އާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށްކަމަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ 18 ވަނަ އަހަރީ ދުވަހުގެ ތަހުނިއްޔާ ޕާޓީގެ މެންބަރުންނަށް އަރިސްކުރައްވާ، ކުރެއްވި ޓުވީޓުގައެވެ. އިތުރަށް ވިދާޅުވެފައިވަނީ، މާތް للهގެ ހެޔޮ ރަޙްމަތްފުޅާއެކު އެމްޑީޕީއާއި ޕާޓީގެ މެންބަރުން އަބަދުވެސް ދާނީ ކުރިއަށްކަމަށެވެ.

މިއީ އެމަނިކުފާނު ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދުވަސްވަރުވެސް ދެއްކެވި ވާހަކައެވެ. އެމްޑީޕީ ކުރިއަށް ގެންދިއުމަށްޓަކައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ދެއްވަން ޖެހޭކަމަށް ރައީސް ސާލިހު އޭރު ތަކުރާރުކޮށް ވިދާޅުވިއެވެ.

ޕާޓީގެ އަހަރީ ދުވާހާއި ގުޅިގެން، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ދެއްވި ހިތާބުގައި ވިދާޅުވީ ޕާތީޣެ މެންބަރުންނަށް އެތެރޭގެ ގޮންޖެހުންތަކުން މިހާރު އަރާގެނެވިފައިވާކަމަށެވެ. އަދި ދެން ކުރަން ޖެހޭ މަސައްކަތަކީ ރިޔާސީ ދެވަނަ ދައުރެއް ހޯދުމުގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއީ ރާއްޖެއަށް ރައީސް ސާލިހު ހޯދައިދެއްވި ތަރައްގީ ދެމެހެއްޓުމަށްކަމަށާއި، ރައީސް ސާލިހު ވަނީ އަމިއްލަ ރަށުގައި އަމިއްލަ އާއިލާއާއިއެކު ރަނގަޅު އާމްދަނީ ލިބޭނެ މަގަށް ހުޅުވޭ ބޮޑު ދޮރޯށިން ވަނެވޭނެ ދުވަހަކީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު ތިލަފަތަށް ލާ ވޯޓުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: