ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ އުފާވެރި ދުވަހެއް، ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެ: އަސްލަމް

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަަށް ސަރުކާރުން ނިންމާފައިވާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ވައުދު، ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ގޯތި ދޫކުރުމަށް އިއުލާނު ކުރުމާއި އެކު އޭރު އެކަމާއި ގުޅުވައި ތަފާތު އެކި ބަހުސްތައް ވެސް ކުރެވުނެވެ. ބިންވެރިޔާ ސްކީމުގެ ދަށުން 5000 ގޯތި ދޫކުރާއިރު ބައެއް މީހުން ސިފަ ކުރީ އެއީ ރިޔާސީ އިންތިހާބާއި ގާތްކޮށް ކުރާ ކެމްޕެއިނެއްގެ ގޮތުގަ އެވެ.

ގޯތި ދޫކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، މިއަދު އާއްމު ކުރާ ލިސްޓާއި އެކު ޑިސްކޮލިފައިވި މީހުންގެ މައުލޫމާތުތައް ވެސް އެނގޭނެ ކަމަށެވެ.

ސަރުކާރުން ބޯހިޔާވަހިކަމަށް ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަކޮށް އަސްލަމް ވިދާޅުވީ، ހުސްވި ހަފްތާގައި ގޯތީގެ ކަންތަކުގައި ރައީސް ސޯލިހު ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް ރައީސް ސޯލިހު ނިންމެވީ ޕްރޮގްރާމަށް ކޮލިފައިވި ނުވަތަ ޝަރުތު ހަމަވާ އެންމެނަށް ވެސް ގޯތި ދޫކުރުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ.

ހުރިހާ މައުލޫމާތެއް ހިމެނެ އެ ލިސްޓު މިއަދު ގެޒެޓުގައި ޝާއިއު ކުރާނެކަމަށް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން 15،164 ފޯމު ވަނީ ލިބިފަ އެވެ. އަދި ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،801 މީހުން ހިމެނޭ ގޮތަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އެގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމުކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުންކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން މިއަދު ގެޒެޓު ކުރާ ލިސްޓުގައި ހިމެނެނީ 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

މިއަދަކީ މާލޭގެ ރައްޔިތުންނަށް އުފާވެރި ދުވަހެއްކަމަށް އަސްލަމް ވިދާޅުވި އެވެ. ރާއްޖޭގެ ބޯހިޔާވަހިކަމުގެ ފުރިހަމަ ސިޔާސަތެއް އެބައޮތްކަމަށާއި، މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކައް ދިމާވެފައިވާއިރު ސަރުކާރުން އެކަމުގެ ހައްލު ގެނެސްދޭނެކަމަށް އަސްލަމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: