ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސިޓީ ކައުންސިލުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން، މާލެ ސިޓީ ކައުންސިލުން ކުޑަކުދިންނަށް ހާއްސަ ހަވީރެއް މިއަދު ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ކުލަޖެއްސުންފަދަ ފަންނުވެރި ހަރަކާތްތައްވެސް އެކުލެވިފައިވާ މި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ނިންމާފައިވަނީ މާލޭގެ ސަލްޓަންޕާކުގައެވެ. މާލެ ސިޓީ ކައުންސިލުން ހާމަކޮށްފައިވާގޮތުން، ހަރަކާތްތައް ކުރިއަށް ގެންދާނީ ހަވީރުގެ 16:00 އިން 18:00 އަށެވެ.

މާލެ ސިޓީ ކައުންސިލުން އިންތިޒާމުކޮށްފައިވާ މި ހަރަކާތްތައް ކުރިއަށް ގެންދަނީ ފެސްޓިވޯ އިންސްޓިޓިއުޓް އާއި ގުޅިގެންނެވެ. މާލެ ސިޓީ ކައުންސިލުން ބުނެފައިވާގޮތުން، މިފަދަ ހަވީރެއް ކުރިއަށް ގެންދިއުމަށް ނިންމީ، އާޓްސް އެންޑް ކްރާފްޓްސް ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއިއެކު މާލޭގައި ދިރިއުޅޭ އެންމެހާ ކުދިންނަށްވެސް އާއިލާ އާއިއެކު އުފާވެރި އަޟްޙާ އީދެއް ފާހަގަކުރުމުގެ މަގުފަހިކޮށްދިނުމަަށެވެ. މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު މި ހަވީރުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ސިޓީ ކައުންސިލުންވަނީ އެ މުއައްސަސާއިން ކޮށްފައިވާ އިތުރު އިންތިޒާމުތައްވެސް ފާހަގަކޮށްފައެވެ. އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގާއި މަޖީދީ މަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑުތި މަގުތައް ޒީނަތްތެރި ކުރުމަށް ގިޑިގެ ހަރުކޮށް ބޮކި ފަތިވެސް ހަރުކޮށްފައިވެއެވެ. ކައުންސިލުންވަނީ އީދު ނަމާދަށްފަހު އުޟްހިޔާ ކަތިލުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: