ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދަށް ތާވަލު ކުރި ރައީސް ޔާމިންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަންފާ ނެންގެވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް މިއަދަށް ތާވަލު ކުރި އަޑުއެހުން ކެންސަލްވެއްޖެ އެވެ.

މިއަދުގެ ހެނދުނު 09:00 އަށް ތާވަލު ކުރި އަޑުއެހުން ކެންސަލް ވީ، މައްސަލައިގައި ރައީސް ޔާމީނާއި އެކު ދައުވާ އުފުލާފައިވާ އަހުމަދު ކްރިކް ރިޒާ ބަލިވެ އުޅުއްވާތީ އެވެ.

މައްސަލައިގައި އެންމެ ފަހުން ތާވަލު ކުރި ދެ އަޑުއެހުން ވެސް ކެންސަލްވީ، ކްރިކް ރިޒާގެ ބަލިހާލަތުގެ ސަބަބުންނެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅުން ހުރިކަމަށް ބުނާ، ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރައީސް ޔާމީން ރިޝްވަތު ގަބޫލު ކުރައްވައި މަނީ ލޯންޑާރ ކުރެއްވިކަމުގެ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރު ކުރައްވަ އެވެ.

އީދު ބަންދަށް ފަހު ތާވަލު ކުރި ފުއްގިރި މައްސަލައިގެ އަޑުއެހުން ކުރިޔަށް ގެންދެވޭނެ ގޮތެއް ނުވީއިރު، ރައީސް ޔާމީން ވަނީ އެ ޝަރީއަތްތައް އަވަސް އަރުވާލައިގެން ކުރިޔަށް ގެންދާތީ އެކަމުގެ ކަންބޮޑުވުން މައްސަލަ ބައްލަވާ ގާޡީއަށް ހުށަހަޅުއްވާފަ އެވެ. އާރަށުގެ މައްސަލައިގައި ތަންފީޒު ކުރައްވަމުން ގެންދަވާ 11 އަހަރުގެ ހުކުމުގެ އިސްތިއުނާފު ކުރިޔަށް ދާތީ، އެ މައްސަލައަށް ތައްޔާރުވުމަށް ބޭނުންފުޅުވާކަމަށާއި އަވަހަށް ނިމެން ބޭނުންވާ މައްސަލައަކީ އެއީކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ޝަރީއަތް ކައިރިކައިރީގައި ތާވަލު ކުރާއިރު، މައްސަލައިގެ އަޑުއެހުންތައް ވަރަށް ބޮޑަށް ދިގުލައިގެން ދެ އެވެ. މައްސަލައިގައި މާދަމާ ބާއްވާ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހެނދުނުގެ 09:00 އަށެވެ.

މި މައްސަލައިގައި މިހާރު ކުރިޔަށް ދަނީ ހެކިބަސް ނެގުމުގެ ބައެވެ. މިދިޔަ މަހު ފުލުފުލުގައި ކުރިޔަށް ގެންދިޔަ ޝަރީއަތްތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ނެގި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: