ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ އެންމެ ދިގު ރޭލުވޭ ޓަަނަލް އެފްކޮންސް އިން ނިންމައިފި

އިންޑިއާގެ އެންމެ ދިގު ރޭލުވޭ ޓަނަލް އަދި ބިނާކުރެވިފައިވާ ސަރަހައްދު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެފްކޮންސް ކުންފުނިން އިންޑިއާގެ އެންމެ ދިގު ރޭލު ދުއްވާ ހޮހަޅަ(ޓަނަލް) ބިނާ ކުރުމުގެ މަސައްކަތްތައް ނިންމާލައިފިއެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން، އިންޑިއާގެ ޖައްމު ކަޝްމީރު ސަރަހައްދުގައި ކުރިއަށް ގެންދިޔަ “އުދަމްޕޫރު ސްރީނަގަލް ބަރަމުއްލާ ރެއިލް ލިންކް” މަޝްރޫއު އަކީ އިންޖިނޭރިންގެ ދާއިރާގައި އާ އުސްމިންތަކަކާއި ހިސާބަށް އެ ގައުމު ވާސިލުވުމާއި އެއްފަދަ ކަމެކެވެ.

ފިރް ޕަންޖަލް ރޭންޖަސް ކިޔާ މި ސަރަހައްދަކީ ފަރުބަދަ ހުންނަ ސަރަހައްދެކެވެ. މި ސަރަހައްދުގެ ފަރުބަދަތަކުގެ ތެރެއިން ބިނާކުރެވިފައިވާ “ޓީ 49” ހޮހަޅަ އަކީ އެ ގައުމުގެ އެންމެ ދިގު ރޭލު ދުއްވާ މަގުކަމަށް ރިޕޯޓުތަކުގައިވެއެވެ. އިންޑިއާގެ އިންޖިނޭރުންތަކެއްވެގެން ކުރިއަށް ގެންދާ މި މަސައްކަތްތަކަކީ އެ ސަރަހައްދަށް ގުދުރަތީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަށް ލިބިގެންދާ ހައްލެއްކަމަށް ފާހަގަކޮށްފައިވެއެވެ. އިންޑިއާގެ ރޭލު ދުއްވުމުގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ފަރުބަދަތައް ތެރެއިންނާއި ވާދީތައް ހުރަސްކޮށް ރޭލުދުއްވޭނެ މަގުތައް ބިނާކޮށް ޖައްމު އަދި ކަޝްމީރާއި ބާކީ އިންޑިއާ ގުޅާލުމަށް ކުރަމުންދާ މަސައްކަތްތަކެކެވެ.

ޖުމުލަކޮށް މި މަސައްކަތްތަކުގެ ތެރެއިން ބިނާ ކުރެވިގެންދާ 272 ކިލޯ މީޓަރުގެ ރޭލު ދުއްވާ މަގުތަކަކީ ސަރަހައްދީގޮތުން ހިންގޭ އެންމެ ބޮޑު މަޝްރޫޢުކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކުރެއެވެ. މި މަޝްރޫޢުގެ ދަށުން 38 މަގެއް ބިނާކުރުމަށް ކަނޑައެޅިފައިވާއިރު، މިހާރު ބިނާކޮށް ނިންމާފައިވާ “ޓީ 49” ހޮހަޅައަކީ ބިނާކުރުމަށް ނިންމާފައިވާ މަގުތަކުގެ ތެރެއިންވެސް އެންމެ ދިގު މަގުކަމަށްވާއިރު،މިއީ މުޅި އިންޑިއާގައިވެސް ބިނާކުރެވޭ އެންމެ ދިގު ރޭލު ދުއްވާ މަގުކަމަށް ފާހަގަކޮށްފައިވެއެވެ. މި މަގަކީ ގަލާއި ފަރުބަދަތަކުގެ ތެރެއިން ބިނާކުރެވިފައިވާ މަގެކެވެ. މި މަގުގައި 12.75 ކިލޯ މީޓަރު ހުރެއެވެ.

މީޑިއާތަކުން ބުނާގޮތުން، މި މަސައްކަތްތައް ކުރެވިފައިވަނީ އޮސްޓްރޭލިއާއިން އެފަދަ މަސައްކަތްތައް ކުރުމަށް ގެންގުޅެމުންދާ އާ އުސޫލެއްގެ ދަށުންނެވެ. އެގޮތުން ތޮރުފުމާއި ގޮއްވުމުގެ މަސައްކަތްތައްވެސް ކުރެވިފައިވާއިރު، ގޮއްވުމާއި ކޮނުމުގެ މަސައްކަތްތައްވެސް ހިމެނޭކަމަށް ބުނެފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން، މަސައްކަތްތައް ކުރުމަށް ޝާމިލުވި މީހުންގެ ތެރެއިން 80 އިންސައްތަައަކީ އެ ގައުމުގެ ރައްޔިތުންނެވެ. އެފްކޮންސްއިންވަނީ އެ މަސައްކަތްތަކުގައި ބައިވެރިވި ފަރާތްތަކަކީ އެކަށީގެންވާ ތަމްރީނު ލިބިފައިވާ ބައެއްކަން ކަށވަރުކޮށްފައިކަމަށްވެސް ބުނެފައިވާއިރު، މަސައްކަތްތައް ނިންމާލާފައިވަނީ ރައްކައުތެރިކަމާއިއެކު މަސައްކަތްކުރުމުގެ 10.6 މިލިއަން ގަޑީރުގެ މަސައްކަތްތައް ކޮށްފައިކަމަށް ބުނެފައިވެއެވެ. އެއީ އެއްވެސް ހާދީސާއެއް ދިމާނުވެ މަސައްކަތްތައް ކުރިއަށް ގެންގޮސް ހޭދަކުރެވިފައިވާ ވަގުތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: