ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ވަނަ އަހަރު 800 މިލިއަން ޑޮލަރަށް މާލިއްޔާތު ރުޖޫއަވީ އިންޑިއާ އާއިއެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުން: ވޯލްޑުބެންކު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދައުލަތުގެ މާލިއްޔާތުގައި ހުރި ޖުމުލަ ފައިސާގެ އަދަދުތައް 500 މިލިއަން ޑޮލަރަށްވުރެ ދަށަށް ދިޔަކަމަށާއި، އަހަރު ނިމުނު އިރު އެ ހާލަތުން އަރައިގަނެވިފައިވަނީ އިންޑިއާ ސަރުކާރާއި އެކު ގާއިމު ކުރި 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުންކަމަށް ވޯލްޑު ބެންކުން ބުނެފިއެވެ.

2023 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް އަޕްޑޭޓުކޮށްފައިވާ ވޯލްޑު ބެންކުގެ ލިއުމެއްގައިވާގޮތުން، ފަތުރުވެރިކަމުގެ ސިނާއަތު މެދުވެރިކޮށް ދިވެހިރާއްޖެއަށް ލިބެމުންދާ އާމްދަނީތައްވަނީ އިތުރުވެފައެވެ. އެހެންނަމަވެސް ތެލާއި އެހެނިހެން ޒަރޫރީ ބާވަތްތައް އިމްޕޯޓުކުރަމުގެ އަގުތައް އުފުލިފައިވުމުގެ ސަބަބުން، އެކައުންޓު ޑެފެސިޓު ވަނީ އިތުރަށް ފުޅާވެ ޖީޑީޕީގެ 24.6 އިންސައްތައަށް އަރާފައިކަމަށް ބުނެފައިވެއެވެ. އިމްޕޯޓުކުރުމުގެ ހަރަދުތައް އިތުރުވުމާއި، ދަރަނީގެ އަދަދުތައް މަތިވެފައިވުމުގެ ސަބަބުން ދައުލަތުގެ ޖުމުލަ މާލިއްޔާތަށް ބޮޑެތި އަސަރުތައް ކުރާކަމަށް ބުނެފައިވެއެވެ.

ވޯލްޑު ބެންކުގެ ލިއުމުން ބައެއް: ފޮޓޯ/ ފައިލް ފޮޓޯ

ވޯލްޑު ބެންކުން ބުނެފައިވާގޮތުން، 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލިއްޔާތުގައި ހުރި ޖުމުލަ ފައިސާގެ އަދަދުތައް 500 މިލިއަން ޑޮލަރަށްވުރެ ދަށަށް ދިޔައެވެ. އެ މުއައްސަސާއިން އަންދާޒާ ކުރާގޮތުން، އެއ 1.8 މަސްދުވަހަށް ދިވެހިރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓުކުރުމަށް ބޭނުންވާނެ ފައިސާގެ އަދަދެވެ. އެހެންނަމަވެސް އަހަރު ނިމިގެންދިޔަ އިރު އެ އަދަދުތައް ވަނީ 800 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިކަމަށާއި، އެކަން މަގުފަހިވެގެންދިޔައީ އިންޑިއާގެ ސަރުކާރާއި ދެމެދު ގާއިމުކުރެވުނު ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ސަބަބުންކަމަށް ބުނެފައިވެއެވެ.

2022 ވަނަ އަހަރު ދިވެހި ދައުލަތުގެ މާލިއްޔާތުގައި ހުރި ފައިސާގެ އަދަދުތައް 500 މިލިއަން ޑޮލަރަށްވުރެ ދަށްވެގެންދިއުމަށްފަހު، 800 މިލިއަން ޑޮަލަރަށް އިތުރުވެގެންދިޔަކަމަށާއި އެ ހާލަތުން އަރައިގަނެވުނު ސަބަބަކީ އިންޑީއާ އާއިއެކު ގާއިމު ކުރެވުނު އެއްބަސްވުމެއްކަމަށް ވޯލްޑުބެންކުގެ ލިއުމުން ހާމަވެގެންދާއިރު، އެ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުގައި ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގެ އަތުން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. 100 މިލިއަން ޑޮލަރުގެ ލޯނު ނަގާފައިވަނީ ޓީބިލެއް ވިއްކައިގެންކަމަށާއި ލޯނު ދީފައިވަނީ ދިވެހި ސަރުކާރަށް އެއްވެސް ޝަރުތަކާއި ނުލާކަމަށް އިންޑިއާއިން ބުނެފައިވާއިރު، ދިވެހި ސަރުކާރުންވަނީ އެ މުއާމަލާތްތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާކުރުމަށް ދެކޮޅު ހަދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: