ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްރޭމް ކުރުމުގެ ފަހަތުގައި ޕީޕީއެމްގެ އަތެއް ނެތް، ރައީސް ސޯލިހުގެ ބައިވެރުވުމެއް ވެސް ނެތް: އަލީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެއާއި އެކު ރާއްޖެ ވެސް ކުރިމަތިލާން ޖެހުނު ކޮވިޑުގެ ވަބާއިން ސަލާމަތްވެ، އެ ހާލަތުން އަރައިގަތުމަށް ކުރަމުން ދިޔަ ކާމިޔާބު މަސައްކަތެއްގެ ތެރެއިން ކުއްލިއަކަށް އަމާޒުވި ޖިންސީ ގޯނާގެ ތުހުމަތުތަކުގެ ފަހަތުގައި ތިބީ ސިޔާސީ ބައެއްކަމަށާއި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ ޕާޓީ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބައިވެރިވުމެއް އެކަމުގައި ނެތްކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރަކަށް ހުންނަވައި، އިދާރާގެ މުވައްޒަފުންނަށް ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައި މަގާމުން ވަކި ކުރި އަލީ ވަހީދު ބޭސް ފަރުވާއަށްކަމަށް ބުނެ ރާއްޖެއިން ފުރާވަޑައިގެންނެވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ. މައިބަދައިގެ ޑިސްކެއް ހަލާކުވެ، ރާއްޖެއިން ހެދެން ނެތް އޮޕަރޭޝަނެއް ކުރަންކަމަށް ބުނެ ހުށަހެޅި ލިޔުންތަކާއި ޑޮކްޓަރުންގެ ބަހަށް ރިއާޔަތްކޮށް އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ ހަތަރު މަސް ދުވަހަށް ނަމަވެސް،  އެ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖެ ވަޑައިނުގެންނެވި މައްސަލައިގައި ޔޫތް މިނިސްޓްރީގެ ސްޓޭޓްގެ މަގާމުން އައްސަދު އަލީ (އަޑުބަރޭ) ވެސް ވަނީ ވަކިކޮށްފަ އެވެ. އެއީ އަލީ ވަހީދު ފުރުވާލުމަށް ޖާމިނުވީ އަޑުބަރޭކަމަށްވުމާއި އެކު އެވެ.

އަލީ ވަހީދު މިއަދު ރާއްޖެ އައުމާއި އެކު ނޫސްވެރިންގެ ގިނަ ސުވާލުތައް އޭނާއަށް އަމާޒުވި އެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ދެން އޭނާ ކުރިޔަށް ދިއުމުގެ ވިސްނުން ހުރި ގޮތާއި، ރައީސް ސޯލިހާއި އެކު އެއްވެސް ޑީލެއް ހެއްދެވިންތޯ ނޫސްވެރިން ސުވާލު ކުރި އެވެ. އަދި އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއި ގުޅިގެން، އަލީ ވަހީދުގެ ވެސް އެކި ތުހުމަތުތައް ސަރުކާރާއި ރައީސް ސޯލިހަށް އޭރު ކުރި އެވެ. އެކަމަކު މިއަދު އަލީ ވަހީދު ދެއްކެވި ވާހަކަތަކާއި ކުރީގެ ވާހަކަތަކާއި ދިމާނުވާއިރު ރައީސް ސޯލިހު އެމްއެމްޕީއާރުސީގެ ފައިސާ ނެންގެވިކަމަށް ބުނެ ހެއްދެވީ ދޮގުކަމަށް ވެސް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުތައްކޮށް އޭނާގެ މައްޗަށް ދައުވާ ކުރީ އެކަމުގައި އެއްވެސް ހަގީގަތެއް ނެތި އެވެ. އަދި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި އެނާ ހުންނެވި އިރު އެ ތުހުމަތުތައް އައި ދުވަސްވަރަކީ، ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ކުރި ބުރަ މަސައްކަތްތަކަށް ފަހު ބޯޑަރު ހުޅުވަން އޮތް ދުވަސްކަމަށާއި، ބަޔަކު ބޭނުން ވީ އޭނާގެ “ދުވަސް ދުއްވާލަން” ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. 15 އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާއިރު، އޭގެ ތެރެއިން އެންމެ މީހެއް ދެއްކުމަށް ގޮވާލައި އަލީ ވަހީދު ޗެލެންޖު ކުރެއްވި އެވެ. އަދި ވަނީ މިއީ ސޯޝަލް މީޑިއާގެ ޒަމާނެއްކަން ފާހަގަކޮށް، އެ މުވައްޒަފުންނަށް އޭނާ އެއްވެސް ފުރައްސާރައެއް ކުރިނަމަ އިންސާފު ހޯދަން މުވައްސަސާތަކަށް ދިއުމަށް ގޮވާލާފަ އެވެ.

މި ދަންނަވަނީ މީޑިއާތަކުގެ ކުރިމަތީގަ.. ވަޑައިގަންނަވާށޭ.. އެއްވެސް ކަމެއްކޮށްފައި އޮތްނަމަ، އިންސާފު ހޯދަން ވަޑައިގަންނަވާށޭ… އެކަމަކު އިންސާފު ހޯދައިގެން މިއައީ ދައުލަތުގެ ނިޒާމުގެ ތެރެއިން، އަނިޔާ ލިބެން…

ނޫސްވެރިއަކު ވަނީ އަލީ ވަހީދު މީގެ ކުރިން މާތްﷲ ގަންދީ ހުވާކޮށް، ބައެއް ތުހުމަތުކޮށް ދޮގު ކުރިކަން ފާހަގަކޮށްފަ އެވެ. އެ ދުވަހުގެ ވާހަކަތައް ތަކުރާރުކޮށް މިއަދު ވެސް އަލީ ވަހީދު ވިދާޅުވީ، އޭނާ ހުންނެވީ އިސްލާމީ މަރުކަޒަށް ވަޑައިގެން ވެސް ހުވާ ކުރައްވަން ތައްޔާރަށް ކަމަށެވެ. ތަކުރާރުކޮށް އޭނާ ވިދާޅުވަމުން ގެންދެވީ، އޭނާގެ މައްޗަށް ނުހައްގުން ކުރި ދައުވާތައް ސާފުތުވީނަމަ 35 އަހަރުގެ ބޮޑު ހުކުމެއް އައީސްކަމަށާއި، އޭއީ ލިބޭނެ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މީގެ ކުރިން މީހުން ސިޔާސީ ގޮތުން އެއްފަރާތް ކުރުމަށް ދެމުން ގެންދަނީ، ހަމަލާތައް ކަމަށެވެ. އަދި އަނިޔާތައް ދޭން ބަޔަކު ފޮނުވަނީކަމަށެވެ. އެކަމަކު މިހާރު އެކަމަށް ބަދަލު އައިސް، މީހެއްގެ ބޮލުގައި އަޅުވަނީ މިފަދަ ބަދުނާމުތައްކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: