ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ ރާގަށް ބަދަލެއް؛ ރައީސް 35 މިލިއަން ނުނަންގަވާ، ދޮގު ހެދީ ހަނގުރާމައެއްގެ ނަސްރު ހޯދަން

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަންފާ ނެންގެވިކަމަށް ބުނެ މީގެ ކުރިން ހެއްދެވީ ދޮގެއްކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

2020 ވަނަ އަހަރު ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑުގެ ކާރިސާގައި، ރާއްޖޭގެ އިމަޖެންސީ އޮޕަރޭޝަންސްތަކުގައި އެންމެ އިސްކޮށް އުޅުއްވި އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލަތަކެއް ކުއްލި ގޮތަކަށް ފެންމަތިވެ ރައީސުލްޖުމްހޫރިއްޔާ ނިންމެވީ އޭނާ މަގާމުން ވަކި ކުރުމަށެވެ. އަދި އެ މައްސަލައިގެ ޝަރީއަތްތައް ކުރިޔަށް ދަނިކޮށް، ރާއްޖެއިން ފުރާވަޑައިގެންނެވި ގޮތަށް އަލީ ވަހީދު އެނބުރި ރާއްޖެ އައިސްފައި ނުވެ އެވެ.

އެއަށް ފަހު އެ މައްސަލައިގެ ދައުވާތައް މިދިޔަ ޖޫން މަހު އަނބުރާ ގެންދިއުމާއި އެކު އަލީ ވަހީދު ވަނީ މިއަދު ރާއްޖެ ވަޑައިގެންފަ އެވެ.

ދޮޅު އަހަރަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް، އަމާޒުވި ސުވާލުތަކުގެ ތެރޭގައި ރައީސް ނެންގެވިކަމަށް ބުނާ 35 މިލިއަން ރުފިޔާގެ ވާހަކަ އޮޅުންފިލުވުމުން އަލީ ވަހީދު ވިދާޅުވީ އެއީ “ސްމޯކް ސްކްރީން” އެއްކަމަށެވެ.

އަޅުގަނޑު މި ދަންނަވަނީ… އެއީ ސްމޯކް ސްކްރީންއެކޭ އަޅުގަނޑު ބޭނުން ކުރީ…. އެއީ އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަގީން ކުރުމަށް… ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ…

މީގެ އަހަރަކަށް ވުރެ ގިނަ ދުވަސް ކުރިން އޮންލައިންކޮށް ނޫސްވެރިންނާއި ބައްދަލުކޮށް އަލީ ވަހީދު ވިދާޅުވީ، ރައީސް ސޯލިހު ކަޅު ދަބަސް އުފުލިކަމަށާއި އެކަން ޔަގީންކޮށް ދަންނަވަން އެނގޭ ކަމަށެވެ. އަދި އެ ދުވަހު އެ ވާހަކަތައް ތަކުރާރުކޮށް އަލީ ވަހީދު ވިދާޅުވީ، ރައީސް ސޯލިހު ކަޅު ދަބަހެއް ގެންދެވި ކަމަށެވެ.

އެކަމަކު މިއަދު ނޫސްވެރިންގެ ސުވާލަށް އަލީ ވަހީދު ވިދާޅުވީ، ރައީސް ސޯލިހަކީ 35 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ނަންގަވަން ޖެހޭ ބޭފުޅެއް ނޫނެވެ.

އަލީ ވަހީދުގެ ޖަވާބާއި ގުޅިގެން ނޫސްވެރިއަކު ވަނީ އެ ދުވަހު އެހެންކަމަށް ވާނަމަ ދޮގު ހަދަން ޖެހުނު ސަބަބަކީ ކޮބައިތޯ ސުވާލުކޮށްފަ އެވެ. އަދި ކުއްލިއަކަށް އޭނާގެ ރާގު ބަދަލުވީ ކީއްވެގެން ތޯ އާއި ދައުވާތައް އަނބުރާ ގެންދިއުމުން އެ ތުހުމަތުތައް ނަފީވީތޯ ވެސް ސުވާލު ކުރި އެވެ. ދިފާއުގައި އަލީ ވަހީދު ވިދާޅުވީ އެ ވާހަކަތައް އޭރު އެހެން ވިދާޅުވާން ޖެހުނީ އެނާގެ މައްޗަށް ރޭވިގެން އައި ތުހުމަތުތަކަކަކުން ސަލާމަތްވާން ކަމަށެވެ. އެއީ އޭނާ ފްރޭމްކޮށް، ނިކަމެތިކޮށްލަން އެ މަސައްކަތް ކުރި ބަޔަކު ދެނެގަތުމަށް ކުރި މަސައްކަތެއްކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ކަމަކުން ސަލާމަތްވާން، ހަނގުރާމައިގެ މައިދާނުގައި ދޮގު ހެދުން ހުއްދަވެގެން ވާ ކަމަށެވެ.

2021 ވަނަ އަހަރު ރައީސްގެ މައްޗަށް ކުރި ތުހުމަތުގައި އަލީ ވަހީދު ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އެމަނިކުފާނުގެ ނަން އޮތް ކަމަށެވެ. އެކަމަކު އެ މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދެވި އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ރައީސްގެ ނަން އުނި ކުރެއްވިކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: