ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ދެ ވެރިކަންވެސް ހާލާކުވީ މާރިޔާގެ ސަބަބުން: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޢެމްޑީޕީގެ ދެ ސަރުކާރުވެސް ހަލާކުވެގެންދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ސަބަބުންކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ރ އަތޮޅު ދުވާފަރުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް އައިސްފައިވާ ބަދަލުތަކަށް ބެލުމުން ވޭތުވެ ދިޔަ 15 އަހަރު ދުވަހު ރާއްޖެ ދަތުރުކުރަމުންގޮސްފައިވަނީ ފަހަތަށްކަން ފެނިގެންދާކަމަށެވެ. އޭނާ ވިދާޅުވީ، ވޭތުވެ ގޮސްފައިވާ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް އެދެމުންދާ ތަރައްގީ ލިބިގޮސްފައިނުވާކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ޒުވާނުންވެސް މިއަދު ތިބީ ދަރަނިވެރި ހާލަތެއްގައިކަމަށާއި ރާއްޖޭގެ ރައްޔިތުން ތިބީ ރަނގަޅު ހެޔޮ ބަދަލަކަށް އެދި އެދިކަމަށްވެސް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިހާރު އާޖުފާޖު ބަލަންށާއި ޓެސްޓުކުރުމަށް ބޭނުންނުވާކަމަށާއި ޔަގީން “ޔަންމާ އިންޖީނު އަޅައިގެން” މަހަށް ނުކުންނަންކަމަށެވެ. އޭނާ ވިދާޅުވީ، އެ ކަންކަން ހާސިލުވާނީ ޖޭޕީ އަދި ގާސިމް އާއިއެކުކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ދެކެ ފޫހިވެފައިވާކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް މަލާމާތްކޮށް އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ބޭތިއްބުމުން ލޭ ކެކެން ޖެހޭކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް އުފެދިގެން އައި ދެ އެމްޑީޕީގެ ސަރުކާރަށް ބަލާއިރު، ހަލާކުވެގެންދިޔައީ ހެދުނު ގޯސްތަކެއްގެ ސަބަބުންކަން ފެނިގެންދާކަމަށެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ހަލާކުވެގެންދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ، ހިތާ ހިތުގެ ގުޅުމަކަށް މުޅި ސަރުކާރު ހަރާބުކޮށް އެގޮތް މިގޮތްވެގެންދާން ދޫކޮށްލުމުންކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުވެސް ހަލާކުވެގެން ދަނީ މާރިޔާގެ ސަބަބުންކަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ބިރިޔާނީ ތެއްޔަކަށް މުޅި ގައުމު ވިއްކާލާފައިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޖޭޕީއިން ވެރިކަމަށް ވާދަކުރުމަށް ނުކުތީ ރައީސް ސާލިހުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހުމުންކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން އަޅުވެތިވާންށާއި ދެވަނަ ދަރަޖައިގެ ބަޔަކަށްވުމަށް ބޭނުން ނުވާކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ ސަލާމާތީ މުއައްސަސާތަކަށް ޑިޕްލޮމެޓިކް ރަޖިސްޓްރީތައް ހަރުކޮށްފައިވާ ދުއްވާ އުޅަނދުތައް ވަދެގެންދިއުމަށް ފުލުހުންނާއި އެމްއެންޑީއެފް އަދި ރާއްޖޭގެ އާންމު ރައްޔިތުންވެސް ނޭދޭކަމަށެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުގައި ތިއްބެވި ރައްޔިތުން އެދި އެދި ގޮވާލަމުންދަނީ ގައުމު ހަމަ މަގަށް އަޅުވާނެ ލީޑަރަކަށް ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، އެ ލީޑަރަކީ ގާސިމް އިބްރާހިމްކަން ސާފުކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: