ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަައުމު އަޅުވެތިކުރުމާއި ވިއްކާލުމަށް ހިންގާ ޖަރީމާ ހުއްޓުވަންޖެހޭ: އަލީ ވަހީދު

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމު އަޅުވެތިކުރުމާއި ވިއްކާލުމަކީ ރާވައިގެން ހިންގާ ޖަރީމާއެއްކަމަށާއި ދިވެހި ރައްޔިތުން އެކަން ހުއްޓުވަންޖެހޭކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީވަހީދު މިމޭރުމުން ވާހަކަ ދެއްކެވީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ނ އަތޮޅަށް ކުރައްވަމުން ގެންދެވާ ދަތުރުފުޅުގައި ލަންދޫގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ބޭއްވި ބައްދަލުވުމުގައެއެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އެކި ރަށް ރަށަށް އިންޑިއާގެ ސިފައިން އަރައި އެރަށްރަށާއި ސަރަހައްދުގައި ބާރުގަދަކޮށް، އެމީހުންގެ ނުފޫޒު ގަދަ ކުރަމުން އަންނަކަމަށެވެ. އިންޑީއާއިން ގައުމު ހިސާރުކުރަމުންދާކަމަށް ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ، މިއީ ދިވެހިން މިނިވަންކަމުގެ ދިފާއުގައި ނިކުމެ، އެ ކަންކަން ހުއްޓުވަންޖެހޭ ވަގުތުކަމަށެވެ. ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލުމަކީވެސް އިންޑިއާ އަޑީގައި އޮވެގެން ރާވައިގެން ހިންގިކަމެއްކަމަށް އަލީ ވަހީދު ތުހުމަތު ކުރެއްވިއެވެ.

ރައްޔިތުން ނިކުމެ މިކަންކަން ހުއްޓުވަންޖެހޭ، މިއީ އިންޑިއާ އާއިގުޅިގެން ރާވާގެން ހިންގާ ޖަރިމާ. މިކަންހުއްޓުވަންޖެހޭ. ވޯޓުކަރުދާސްކޮޅުގައި ފާހަގަޖަހާ މިކަން ހުއްޓުވަންޖެހޭ.

އަލީ ވަހީދު ވިދާޅުވިއެވެ.

ރައްޔިތުންނަކީ ވެރިންގެ ގޮތުގައި ސިފަކޮށް އަލީ ވަހީދު ވިދާޅުވީ ވެރިންހަދާ ގޯސް ރަގަޅު ކުރުވަންޖެހޭނީ ރައްޔިތުން ކަމަށާއި އެހެންކަމުން ވެރިޔަކު ހިޔާރުކުރުމަށް ލިބުނު ފުރުސަތުގައި، ގައުމަށް ހިޔާނާޔްތެރި ނުވާނެ ވެރިއަކު ހޮވަންޖެހޭކަމަށެވެ.

ވެރިއަކު ހޮވާއިރު، އިހުލާސްތެރިކަމާއި، އިހުސާންތެރިކަމާއިއެކު ކަން ކުރެވޭނެ މީހަކު ހޮވަންޖެހޭނެކަމަށް ފާހަގަކޮށް އަލީ ވަހީދު ވިދާޅުވީ މިއީ ތަޖުރިބާ ހުރި މީހަކަށް ކުރެވޭނެ ކަންކަންކަމަށެވެ. އަދި އެއީ ގާސިމްކަމަށް އަލީ ވަހީދު އަންނަނީ ކެމްޕެއިންގެ އެކި ޖަލްސާތަކުގައި ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: