ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތް އަހަރު ފަހުން އެނބުރި ގެއަށް މިއައީ ފަޙުރުވެރިކަމާއިއެކު: އަލީ ވަހީދު

ރައީސް ސާލިޙާއި އަދި އަލީ ވަހީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ހަތް އަހަރު ފަހުން އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ އެމްޑީޕީއާއި އަލުން ގުޅިވަޑައިގެންފިއެވެ.

އަލީ ވަހީދު އަލުން އެނބުރި އެމްޑީޕީއާއި ގުޅިވަދައިގެންނެވިކަން ހާމަ ކުރެއްވީ “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަލީ ވަހީދު ވިދާޅުވީ ހަތް އަހަރާއި ހަތް ދުވަސް ފަހުން އަލުން އަނބުރި ގެއަށްވަޑައިގަތީ ފަޙުރުވެރިކަމާއިއެކުގައި ކަމަށެވެ. އަދި ވިދާޅުވީ އެމް.ޑީ.ޕީ އަށާއި މުޅި ރާއްޖެއާއި ރާއްޖޭގެ ރައްޔިތުންނަށް ކާމިޔާބަށް އެދި ހިތްވަރާއި މުރާލިކަމާއެކު ޚިދުމަތް ކުރައްވށާނެ ކަމަށެވެ. 

އަލީ ވަހީދު އަލުން އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގެންނެވިއިރު އޭނާގެ ސިޔާސީ ހަޔާތް ފެއްޓެވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން ޑީއާރުޕީންނެވެ. އެގޮތުން ޑިއާރުޕީގެ ޓިކެޓުގައި ތޮއްޑާ ދާއިރާއަށް ވާދަ ކުރައްވާ އެ އިންތިހާބު ކާމިޔާބު ކުރެއްވިއެވެ.

އޭގެފަހުން ޑިއާރުޕީގެ އެތެރޭގައި އުފެދުނު ހިޔާލްތަފާތުވުންތަކަށްފަހު އޭރު ވެރިކަން ކުރަމުން އައި އެމްޑީޕީއާއި ގުޅިވަޑައިގަތެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމް ވެސް އަލީ ވަހީދު ވަނީ އަދާ ކުރައްވާފައެވެ.

އޭގެފަހުން 2018 ވަނަ އެމްޑީޕީން ވަކިވެ ވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްގެ މަމާމަށް ވަޑައިގެންނެވިއެވެ. އަދި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ރައީސް ސާލިޙްގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ މަގާމް ވެސް ހޯއްދެވިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމްގައި ހުންނަވަނިކޮށް އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުމުން ވަޒީރު ކަމުގެ މަގާމުން ވަނީ ވަކިކޮށްފައެވެ. އަދި ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ސާބިތު ކުރެވޭ ވަރަށް ހެކި ނެތުމުން ދައުލަތުން ވަނީ ދައުވާ އަނބުރާ ގެންގޮސްފައެވެ.  އަދި އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގައި ދިރިއުޅުއްވުމަށް ފަހު އަލުން އެނބުރި ރާއްޖެ ވަޑައިގެންނެވި މިއަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ތާއިދު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ގާސިމް އިބްރާހިމްއަށެވެ. ނަމަވެސް ގާސިމް ލިބުނު ނާކާމިޔާބީއަށް ފަހު އަލީ ވަހީދު ވަނީ ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުން ދުރަށް ޖެހިވަޑައިގެންފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 75%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: