ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ ހައްޔަރު ކުރީ ގާނޫނާއި ހިލާފަށްކަމަށް ނިންމައި، އިނގިރޭސިވިލާތުން މައާފަށް އެދި ބަދަލު ދެނީ!

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ބޮޑެތި ތުހުމަތުތަކާއި އެކު ވަކި ކުރި އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައި އެ ގައުމުގެ ސަރުކާރުން މައާފަށް އެދިއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވިފައި ވަނިކޮށް އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާއަށް ހޯދި ފުރުސަތުގެ ދަށުންނެވެ. އޭރު ޔޫތް މިނިސްޓްރީގެ ނައިބަކަށް ހުންނެވި އައްސަދު އަލީ (އަޑުބަރޭ) ޖާމިނު ކުރުމަށް ފަހު 2021، ފެބްރުއަރީ 10 ގައި ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އޭނާ އެނބުރި އައީ ދެ އަހަރު ފަހުން މި އަހަރުގެ ޖުލައި މަހު އެވެ.

ޔޫކޭގައި އަލީ އޭރު އުޅުއްވާކަން ކަށަވަރު ކުރެވުނު ނަމަވެސް އޭނާ އެނބުރި ގެނެވޭ ގޮތެއް ނުވެ، ކޯޓަށް ވެސް ހާޒިރު ނުކުރެވުނެވެ. އަދި މައްސަލަ ޣައިރު ހާޒިރުގައި ކުރިޔަށް ނުގެންދެވުނެވެ. އޭގެ ފަހުން އޭނާ ޔޫކޭގައި ހައްޔަރު ކުރިކަމަށް މީޑިއާތަކުގައި އަޑުތައް ފެތުރުނީ، އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވިކަމަށް ބުނެ އެވެ.

ޔޫކޭގައި އުޅުއްވަނިކޮށް، އެގައުމުގެ އިމިގްރޭޝަން ގާނޫނާ ހިލާފުވި ކަމަށްބުނެ އެ އަހަރުގެ އޮގަސްޓު މަހުގައި އެ ގައުމުގެ ފުލުހުން އޭނާ ހައްޔަރުކޮށް ވަގުތީ ބަންދެއްގައި ބެހެއްޓުމަށް ފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.

އަލީ ވަހީދުގެ ގާނޫނީ ޓީމުން މިއަދު މީޑިއާތަކަށް އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގައި ޔޫކޭއާއި ރާއްޖޭގެ ގާނޫނާއި އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށް ބުނެ އެކަމުގެ ސާބިތު ހެކިތައް އަލީ ވަހީދުގެ ފަރާތުން ހުށަހަޅައި، ޔޫކޭގެ ވަކީލުންގެ ޓީމަކާއި އެކު ވެސް އައީ މަޝްވަރާ ކުރަމުން ކަމަށެވެ. ބަޔާނުގައި ވަނީ ވަކީލުންގެ ޓީމުން ޔޫކޭގެ ސަރުކާރާއި އެކު މަޝްވަރާ ކުރުމުން އެ ހައްޔަރަކީ ގާނޫނާއި ހިލާފު ހައްޔަރެއްކަމަށް އެ ގައުމުގެ ކަމާއި ބެހޭ އިދާރާތަކުން އިއުތިރާފުވެފައިވާ ކަމަށެވެ.

މީގެއިތުރުން ގާނޫނާއި ހިލާފަށް އަލީ ވަހީދު ހައްޔަރުކޮށްފައި ވާތީ ޔޫކޭގެ ސަރުކާރުން އެކަމަށް މައާފަށް އެދިފައިވާކަމަށާއި، ހައްޔަރުގައި ހުރެ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 20،000 ޕައުންޑު ދިނުމަށް ވެސް ޔޫކޭގެ ސަރުކާރުން ނިންމާފައިވާކަމަށް ބަޔާނުގައި ވެއެވެ.

އަލީ ވަހީދު މިއަދު ވިދާޅުވީ ވަގުތު ނެގި ނަމަވެސް، މިއަދު ހައްގަށް ނަސްރު ލިބިފައިވާކަމަށެވެ.

 

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: