ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީހުން ވެރިކަމަށް ގެންނަ މީހާއަށް ނަހަދާ މިފަހަރު ވެރިކަމަށް ގެންނަންވީ ގާސިމް: އަލީ ވަހީދު

ގާސިމްގެ ސްޕެޝަލް އެޑްވައިޒަރަކަށް އަލީ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާސިމްއަކީ މީހުން ވެރިކަމަށް ގެންނަ މީހާއަށް ނަހަދާ މިފަހަރު އޭނާ ވެރިކަމަށް ގެންނަންވީކަމަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއިން ކުރިއަށް ގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެހެނިހެން މީހުންގެ ވެރިކަންތައް ގާއިމުކޮށްދިން މީހާއަށް ނުހަދާ މިފަހަރު ގާސިމްގެ ވެރިކަމެއް ގާއިމުކުރަންވީކަމަށެވެ. އޭނާ ވިދާޅުވީ، ގާސިމް ވެރިކަމަށް ގެނައުން ދިވެހިރާއްޖޭގެ ޕާޓީތަކަށް އުނދަގޫ ނުވާނެކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ވަކިން ހާއްސަކޮށް ޕީޕީއެމްއަށް ގާސިމްއަކީ ވޯޓުލާން އުނދަގޫ ޗޮއިސްއެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ގާސިމްއަކީ ދިވެހި ރައްޔިތުންނަށް “ބަފައެއް” ފަދަ މީހެއްކަމަށެވެ. އެގޮތުން ތައުލީމަށާއި ސިއްހަތަށް އަދި އުމްރާނީ ތަރައްގީއަށް އެދުނު މީހުންނަށް ސަރުކާރަކަށްވުރެ ގިނައިން ހިދުމަތްތައް ފޯރުކޮށްދެއްވިކަމަށް އޭނާ ވިދާޅުވިއެވެ. އަލީ ވަހީދު ވިދާޅުވީ، ގާސިމްގެ އަރިހުން އެދުނު ކަމެއް އެވަގުތަކު ކޮށްދެވެން އޮތް ގޮތަަކަށް ނުކޮށްދޭ އެއްވެސް ރަށެއް ރާއްޖޭގައި ނޯންނާނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގައި މަލްޓި ޕާޓީގެ ނިޒާމެއް ގާއިމުކުރެވުނު ފަހުން އެކި މީހުން ވެރިކަމަށް ގެނެސް އެކި ހިތި ތަޖުރިބާތައް ކޮށްފައިވާކަމަށާއި އެހެންކަމުން ގާސިމް އެންމެ ފަހު ފަހަރަށް ރިޔާސީ އިންތިހާބަކަށް ކުރިމަތިލައްވާ ފުރުސަތަށް ވުން އެކަށީގެންވެފައިވާއިރު، ވޯޓު ދޭނެ އިތުރު މީހަކު ހުރި ކަމާއިމެދު ވިސްނާވަޑައިގެންނެވުމަށް އެދިވަޑައިގަންނަވާކަމަަށެވެ.

އޭނާ ވިދާޅުވީ، ކެންޑިޑޭޓު ނަމްބަރު އެކަކުން 8 އަކަށް ދާއިރު، ހިތާ ސިކުންޑިން ވިސްނަންވީ ވަކި ކުލައަކަށް ނޫންކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ވިސަންޖެހެނީ އެންމެ ކުލައަކަށް ކަމަށާއި އެއީ ދިވެހި ގައުމުގެ ކުލަކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިއަދު ރާއްޖެ އެލް ބޯޑު ޖެހި މީހަކާއި ހަވާލުކޮށްފި ނަމަ މަގުތައް މަތީ ސައިކަލު ދުއްވަން ނޭނގޭ މީހެއް އުޅޭ ގޮތަށް ކައްސާލައިގެން ހިނގައިދާނެކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ރާއްޖެ އައިސްފައިވާ ހިސާބު ބަލާއިރު، ދަޅުމަސްވެސް ލިބެނީ 30 ވަރަކަށް ރުފިޔާއަށްކަމަށާއި ކާލެވޭ ވަރަށްވުރެ ކުކުޅު ބިސްވެސް އަގުބޮޑުވެފައިވާކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން އަތް ނުފޯރާ ފަށަށް މައްޗަށް ގޮސްފައިވާކަމަށެވެ. އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މައިދާނުގެ މަތީ ފަޑީގައި ތިބި ވެރިންނަށް ފަހަރެއްގައި ތަކެތީގެ އަގުތައް ނޭނގި ހިނގައިދާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެ ބޭފުޅުންނަކީ ކަންމަތީ ފިހާރައިންނާއި ރަށު ތެރޭގައި ހިނގާ ބިނގާ އުޅެ ދިރިއުޅުން ދެކޮޅު ޖައްސާ ބަޔަކަށް ނުވާތީކަމަށެވެ.

އޭނާ ވިދާޅުވީ، ކުރިމަތިވެފައިވާ ދަތިތަކަކީ ވަކި ކުލައަކަށް ނުވަތަ ވަކި ޕާޓީއަކަށް ވޯޓު ލައިގެން ހައްލުވެގެންދާނެ ކަންކަން ނޫންކަން ދިވެހި ރައްޔިތުންނަަށް އެނގޭކަމަށެވެ. އޭނާ ވިދާޅުވީ، ކޮންެމެ މަހަކު ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓަމުންދަނީ ރައީސް އަދި ވެރިކަން ކުރާ ޕާޓީއިން ނޫންކަމަށާއި އެކަންކަން ކުރަނީ އެމީހެއްގެ އަމިއްލަ މަސައްކަތުންނާއި ފައިސާއިންކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމަކީ އޭނާ އަދި ގާސިމް އިބްރާހިމްވެސް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ގެންނެވި ވެރިކަމެއްކަމަށްވުމުން މިއަދު ހިތާމަ ކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ، ވަޒީފާގެ މިނިވަންކަމަށް ވަކާލާތުކޮށް ގެނައި ވެރިކަމެއްގައި ކުންފުނިތަކުގައި މަސައްކަތްކުރާ މީހުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށާއި އެހެންކަމުން ހިތާމަކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: