ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ނޭޓޯއަށް އިންޒާރުތަކެއް!

ޗައިނާ ދިގައިގެ ފޮޓޯއެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޭޓޯއިން އޭޝިއާ ޕެސިފިކް ސަރަހައްދުގައި ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ޗައިނާގެ ހައްގުތަކަށް އަދި ޝައުގުތަކަށް ހުރަސްއެޅިގެންދާނަމަ އެކަށީގެންވާ ވަރުގެ ރައްދުތަކެއް ލިބިގެންދާނެކަމަށް ބުނެ އިންޒާރުތަކެއް ދީފިއެވެ.

ޔޫރަޕާއި ނޯތު އެމެރިކާގެ ގައުމުތަކުން އެކުލެވިފައިވާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ ނޭޓޯއިންދަނީ، އޭޝިއާ ޕެސިފިކް ސަރަހައްދުގައިވެސް ބައެއް މަސައްކަތްތައް ކުރަމުންނެވެ. ޗައިނާ އިންވަނީ އެ މަސައްކަތްތަކާއިމެދު ނުރުހޭކަން ހާމަކޮށް، އެ ގައުމުގެ އެއްވެސް ހައްގަކަށް ހުރަސްއެޅުމާއިމެދު އިންޒާރުތަކެއް ދީފައެވެ.

އެގޮތުން އެ ޖަމާއަތުގެ ބައްދަލުވުމެއްގައި ޗައިނާ އާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކާއި ދެކޮޅު ހަދާކަމަށާއި، އެ ގައުމުގެ މިނިވަންކަމާއި ރައްކައުތެރިކަން އަދި ކުރެއެރުމަށް ކުރަމުންދާ މަސައްކަތްތައްވެސް އެގޮތުގެ މަތީ ދެމެހެއްޓުމުގެ މަސައްކަތްތައް ކަށަވަރު ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުގެ ހައްގަކަށް ނުވަތަ ޝައުގަކަށް އެއްވެސް ހުރަހެއް ކުރިމަތިވެގެންދާނަމަ އަކަށީގެންވާ ޖަވާބެއް ލިބިގެންދާނެކަމަށް ޗައިނާއިން އިންޒާރުތަކެއް ދީފައިވާއިރު، ނޭޓޯގެ ސެކެޓްރީ ޖެނަރަލް ވަނީ މި މައްސަަލައާއި ގުޅިގެން މީޑިއާތަކާއި މައުލޫމާތު ހިއްސާކުރައްވފައެވެ. އެގޮތުން ޗައިނާއިންދަނީ ބައިނަލްއަގުވާމީ ބައިދާނުގެ އުސޫލުތަކަށް ގޮންޖަހަމުންކަމަށާއި އެހެންނަމަވެސް އެ ޖަމާއަތާއި ގުޅުން ހުރި ގައުމުތަކުނާއި ޕާޓުނަރުން އެގައުމާއިއެކު މަޝްވަރާތައްކުރިއަށް ގެންދިއުމަށް އޭނާ އިލްތިމާޒްކުރެއްވިއެވެ.

ޗައިނާއިން ބުނެފައިވާގޮތުން، ނޭޓޯއިންވަނީ އަސާސީ މައުލޫމާތުތަކަށް ބެލުމެއް ނެތި ސަބަބެއް ނެތި، އެ ގައުމުގެ ސިޔާސަތުތައް އޮޅިގެންދާފަދަ ގޮތަކަށް އަމަލުކޮށްފައެވެ. އަދި އާންމުކޮށް ދެއްކެވުނު ވާހަކަތަކުގެ ތެރެއިން ޗައިނާގެ ނަން ހަޑިކޮށްފައިވާކަަމަށްވެސް ބުނެފައިވެއެވެ. އަދި ނޭޓޯއަކީ ނިއުކްލިއާ ބާރެއްގެ ގޮތުގައި ބުނަމުންދިއުމުގެ ސަބަބުން، ސަަރަހައްދީ މައްސަލަތައް އިތުރުވެގެންދާނެކަމަށްވެސް ދެކޭކަމަށްވުމުން އެ ގައުމުން އިންތިހާއަށް ކަންބޮޑުވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: