ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާ އަދި އެމެރިކާގެ ރައީސް ބައްދަލުކޮށްފި!

ޗައިނާ އަދި އެމެރިކާގެ ރައީސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޗައިނާ އަދި އެމެރިކާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމަށް ދެ ގައުމުގެ ރައީސުންވެސް އެއްބަސްވެވަޑައިގެންފިއެވެ.

ބައިނަލްއަގުވާމީ މިޑިއާތަކުން ރިޕޯޓުކުރާގޮތުން، ޗައިނާގެ ރައީސް ޝީ ޖިންޕިންގް އަދި އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ހަތަރު ގަޑިއިރަށްވުރެ ގިނައިރުވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތައް ނިންމާލައި، ދެ ގައުމުގެ ދެމެދުގެ ހީނަރުވެފައިވާ ހާރިޖީ ގުޅުން އަލުން ބަދަހިކުރުމުގެ އިތުރުން އަސްކަރީ ބައެއް މުއާމަލާތްތައްވެސް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

ދެ ލީޑަރުން ބައްދަލުކުރެއްވީ އެމެރިކާގެ ސެންފްރެންސިސްކޯގައި ހުންނަ ފޮލޯލީ އެސްޓޭޓް ކިޔާތަނަކުންނެވެ. މީޑިއާތަކުން ބުނާގޮތުން، އެކުވެރި މަންޒަރުތަކަކަށްފަހު، ދެ ބޭފުޅުންވަނީ އެތައް ގަޑިއިރަކަށް ދެމިގެންދިޔަ މަޝްވަރާތަކެއް ކުރައްވާފައެވެ. އަދި އެއަށްފަހު، ބައެއް މުހިންމު އިސްވެރިންނާއިއެކު މެންދުރުގެ ކެއުމުގެ ހަފްލާއެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ސަރަހައްދުގައި ހައްދާފައިވާ ބަގީޗާ ބަލާލުމަށްވެސް ޝީ ވަޑައިގަތެވެ.

ސޯޝަލްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ބައިޑެން ވިދާޅުވީ، ގައުމުގެ އިސްވެރިން އެކަކު އަނެކާ ދެނެގަތުން އިންތިހާ މުހިންމުކަމަށެވެ. އޭނާ ވިދާޅުވީ، ގައުމުތައް ގުޅިގެން ހައްލުކުރަންޖެހޭ ބައިނަލްއަގުވާމީ އެތައް މައްސަލައެއް ވާކަމަށެވެ. އެހެންކަމުން އެ ބައްދަލުވުމަކީ އެ މަސައްކަތްތަކުގައި ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: