ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ޕެންޑާ ބެއާރތައް ގެންދަނީ!

ޕެންޑާ ބެއާރ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާއިގައި ތިބި އެންމެ ފަހު ޕެންޑާ ބެއަރޒްތައްވެސް އަނބުރާ ޗައިނާއަށް ގެންދިއުމަށް ކަނޑައަޅައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން، އެމެރިކާގެ ގައުމީ ޒުލުންވަނީ ގައުމުގައި ބާކީ ތިބި ތިން ޕެންޑާވެސް ކުރިން ކަނޑައެޅިފައިވާ ތާރީހަށްވުރެ އަވަހަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ހާމަކޮށްފައެވެ. އެގޮތުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޗައިނާއަށް ގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

ޕެންޑާއަށް ޝައުގުވެރިވާ ގިނަ އަދަދެއްގެ މީހުންދަނީ ފަހުފަހަރަށް ދެކިލުމުގެ ގޮތުން ޒުލަށް ޒިޔާރަތްކުރަމުންނެވެ. މީޑިއާތަކަށް އިންޓަރވިއުދިން ބައެއް އާންމުންވަނީ ކުރިއަށް އޮތް އަހަރު ދުވަސްތަކުގެ ތެރޭގައިވެސް އެމެރިކާއިން ޕެންޑާއެއް ނުފެނުމުގެ ބިރު އޮތްކަން ފާހަގަކޮށްފައެވެ. މީޑިއާތަކުން ބުނާގޮތުން އެމެރިކާއިންވަނީ ޕެންޑާ ޕްރޮގްރާމްގެ ނަމުގައި ބިޔަ މަޝްރޫޢުއެއް ފަށާފައެެވެ. އެހެންނަމަވެސް ޗައިނާއާއިއެކު ވެފައިވާ ލޯނު އެއްބަސްވުން 2024 ވަނަ އަހަރަށް ހަމަވާކަމަށްވުމުން 1972 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ގައުމުގައި އެންމެ ޕެންޑާއެއްވެސް ނެތުމުގެ ފުރުސަތު އޮތްކަމަށްވެސް ބުނެފައިވެއެވެ.

ރިޕޯޓުތަކުން ބުނާގޮތުން، ޗައިނާއިންވަނީ އެ ގައުމުން ބައެއް އެހެން ގައުމުތަކަށް ލޯނު ކޮށްފައިވާ ޕެންޑާތައްވެސް އަނބުރާ ގެންގޮސްފައެވެ. އަދި އެއަށްފަހު އެހެން ގައުމަކަށް ދޭކަމަށާއި، އެކަމަށް ކިޔަނީ “ޕެންޑާ ޑިޕްލޮމަސީ” ކަމަށް ވެސް ބުނެފައިވެއެވެ. އެގޮތުން އިނގިރޭސިވިލާތަށް ދޫކޮށްފައިވާ ޕެންޑާ ޖޯޑެއް 2024 ވަނަ އަހަރު އަނބުރާ ޗައިނާއަށް ގެންދިއުމަށް ކަނޑައެޅިފައިވާއިރު، އޮސްޓްރޭލިއާއިއެކު ވެފައިވާ އެއްބަސްވުން އައު ކުރުމާއިމެދު މަޝްވަރާކުރެވެމުންދާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ. އެމެރިކާއިން އެއްބަސްވުން އައުކުރުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

އެ ގައުމަށް ފުރަތަމަ ފަހަރަށް ޖަޔަންޓް ޕެންޑާ ގެނައީ އެ ގައުމުގެ އޭރުގެ ރައީސް ރިޗާޑް ނިކްސަން ޗައިނާއަށް ކުރެއްވި ތާރީހީ ދަތުރަށްފަހުއެވެ. އެ ދަތުރަކީ ދެ ގައުމުގެ ދެމެދު ހާރިޖީ ގުޅުންތައް ގާއިމުކުރުމަށް މަގުފަހިވެގެންދިޔަ ދަތުރެކެވެ. ކަމާއި ބެހޭ މާހިރުން ބުނާގޮތުން، ޕެންޑާ ޑިޕްލޮމެސީގެ ދަށުން ލޯނު އުސޫލުން ޕެންޑާ ދޫކުރަނީ އެކުވެރިކަމުގެ ނިޝާނެއްގެ ގޮތުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: