ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ގުރައިދޫގައި: 2023 ވަނަ އަހަރުގެ އިންތިޚާބު ފަށާނީވެސް އެއްލަ ވޯޓުން!

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އެއް ބުރުން ކާމިޔާބުކުރައްވާނެ ކަމަށާއި އިންތިޚާބު ފައްޓަވާނީވެސް އެއް ލައްކަ ވޯޓުން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކ ގުރައިދޫ ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގުރައިދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ކަންމަތީ ޖަލްސާގައި ރައީސް ސާލިހު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މި ޖަލްސާގައި އެމަނިކުފާނާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ހިއްސާ ވަރަށް ބޮޑުކަން ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި އިންތިޚާބު ކާމިޔާބުކުރާނީ ގުޅިފައިވާ ސިޔާސީ ޕާޓިތަކުގައި ހިމެނޭ، އެމްޑީއޭއާއި އަދާލަތުގެ ޕާޓީގެ ހިއްސާއާއިއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިއީ މިހާތަނަށް ހެދުނު އެންމެ މީހުން ގިނަ ކޯލިޝަން ކަމަށް ރައީސް ވިދާޅުވިއެވެ. އިންތިޚާބު ފަށާނީވެސް އެއް ލައްކަ ވޯޓުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ދާދި ފަހުން ބޭއްވި ކ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުން، އެ އިންތިޚާބުވެސް އެމްޑީޕީއަށް ކާމިޔާބުވިކަން ފާހަގަކުރައްވައި ރައީސް ތަކުރާރުކޮށް ވިދާޅުވީ ގުރައިދޫ ދާއިރާއިން ވާދަވެރި ފަރާތްތަކަށް އޮތް ތާއީދު ގެއްލިއްޖެ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ކަންތައްތަކަށް ހުރަސް އަޅާ ބަޔަކަށް އަޅުގަނޑުމެން ޖާގަ ޖާގަ ދޭކައް ދެން ނެތިން. އަޅުގަނޑަށް ހަމަ ޔަގީން ކުރިއަށް އޮތް އިންތިހާބުގައި މި ރަށުގެ ރައްޔިތުން އެކަން ދަންނާާނެ.

ރައީސް ސާލިހު ވިދާޅުވިއެވެ.

އެރަށުގެ ޒުވާނުންނަށް ބޭނުންވާ އިޖުތިމާއީ މަރުކަޒު، އެ މަރުކަޒަށް ބޭނުންވާ ވަސީލަތްތަކާއިއެކު ގާއިމްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ރަށުގެ ބަނދަރު ތަރައްގީ ކުރުމަށްވެސް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.

ރައީސް ސާލިހު ވަނީ ގާނޫނަށް ބަދަލު ގެނެސްގެން ނަމަވެސް ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާ، އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މީގެ ކުރިން ވެރިކަމަށް އައި ފަރާތްތަކުން ރައްޔިތުންނަށް އަޅައިނުލާ ކަމަށާއި، އަސާސީ ޚިދުމަތްތައް ގާއިމްކުރެއްވުމަށްވެސް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: