ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޑިމޮކްރެޓްސްއަށް ސޮއިކޮށްފި

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ގެ ތެރެއިން؛ ރައީސް ނަޝީދު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ ރައީސް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އިރުޝާދުގެ މަތިން އުފައްދާފައިވާ ޕާޓީ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރައްވައިފިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކެއްގެ ސަބަބުން، ވެރިކަން ކުރާ ޕާޓީގައި ފެކްޝަންތައް އުފެދި ގިނަ އަދަދެއްގެ އިސް މެމްބަރުންތަކެއްވަނީ ޕާޓީ ދޫކުރައްވާ ވަކިވެވަޑައިގެންފައެވެ. ޕާޓީއިން ވަކިވެވަޑައިގަތް މެމްބަރުންވަނީ ރައީސް ސާލިހާއި ވާދަކުރެއްވުމުގެ ގޮތުން ޕާޓީއެއް އުފައްދަވާފައެވެ. ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދާފައިވާ ޕާޓީގެ މުއައްސިސަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ.

ރައީސް ނަޝީދުވަނީ މީގެ ކުރިންވެސް ޑިމޮކްރެޓްސްގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައިނަމަވެސް ރަސްމީގޮތުން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ސޮއިކުރައްވާފައިނުވެއެވެ. ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރައީސް ނަޝީދު މިރޭ ސޮއިކުރެއްވިއިރު، އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސް ރަސްމީގޮތުން ދަފްތަރު ކުރެވި ރެޖިސްޓްރީ ހަވަލުކުރެވިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ސާލިހާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންދާ ރައީސް ނަޝީދު އެމްޑީޕީއާއި ވަކިވެވަޑައިގަތީ ޕާޓީގެ މެމްބަރުން އެ މަނިކުފާނު މަޖިލީހުގެ ރައީސްކަމުންވެސް ދުރުކުރުމަށް މަސައްކަތްކުރަމުންދަނިކޮށެވެ. ޑިމޮކްރެޓްސް އުފެއްދުމަށް ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އެމްޑީޕީއާއި ވަކިވެވަޑައިގަތީ އެ ޕާޓީ އުފެދުނު އަސާސްތަކާއި ދުރަށްގޮސް އެހެން މިސްރާބަކަށް ދަތުރުކުރަމުންދިއުމާއި ގުޅިގެންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: