މާފުށިން ފެންނަމުންދަނީ ރާއްޖޭގެ މަންޒަރު ބަދަލުކޮށްލާނެ ގޮތްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ”އުފާވެރި އަމާން ރާއްޖެ“ ޝިއާރުގެ ދަށުން ރައީސް ސާލިހު ކުރައްވާ ކެމްޕެއިންގެ ތެރެއިން ކ މާފުށީގައި ބޭއްވި ބޮޑު ޖަލްސާގައި އެމަނިކުފާނު އިޝާރަތްކުރެއްވވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންގައި މާފުއްޓަށް ކުރެއްވި ދަތުރަށެވެ. އަދި މާފުށިން އަބަދުވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާކަމަށް ފާހަގަކޮށް، އެކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރަށާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން، މާފުށިން ފެންނަ ގެސްޓް ހައުސްގެ ތަރައްގީގެ މަޝްރޫއުތަކަކުގެ އަސްލު ސިއްރަކީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ގެނެސްދެއްވި ހަމަޖެހުމާއި، އަމާންކަމާއި، އުފާވެރިކަންކަމަށް ރައީށް ވިދާޅުވިއެވެ. އަދި މާފުށިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް 60 އިންސައްތަ ވޯޓު ލިބުންކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ މާފުށީ ރައްޔިތުންގެ ތާއީދު މިއަދުވެސް އެމަނިކުފާނަށް އެބައޮތްކަމަށެވެ.
މާފުށިން ފެންނަމުންދަނީ ރާއްޖޭގެ މަންޒަރު ބަދަލުކޮށްލާނެ ގޮތްކަމަށް ރައީސް ސާލިހު ސިފަކުރެއްވިއެވެ. ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްވެ، އަސާސީ ހިދުމަތްތައް ގާއިމްކޮށްގެންދޭން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މިކަންކަންކުރުމުގައި ސަރުކާރުން ކުޑަ އަދި ބޮޑު ރަށެއް ނުބައްލަވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ހިދުމަތް ގާއިމްކޮށްދެއްވުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ކޮވިޑް 19 ބަލިމަޑުކަމަށް އިޝާރާތްކުރައްވާ ރައީސް ސާލިހު ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއް ކަމަށާއި ނަމަވެސް އޭރު ސަރުކާރުން އެޅި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން މިހާރު ގައުމަށް އަމާންކަމާއި، ހަމަޖެހުން ގެނެސްދެވިފައިވާކަމަށެވެ.
ރައީސް ސާލިހު ވިދާޅުވީ 2018 ވަަނަ އަހަހަރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު މާފުއްޓަށްވީ ވައުދުތައް މިހާރު ފުއްދާ ނިމިފައިވާކަމަށެވެ. އަދި މިހާރު މާފުށީގައި ކުރަމުންދަނީ ދައުރުގެ ތެރޭގައި ރައްޔިތުން އެދުނު އެކިއެކި ކަންކަންކަމަށް ރައީސް ވިދާޅުވިއެވެ. މާފުށިން ބިން ހިއްކުމުގެ މަޝްރޫއު އެމަނިކުފާނު ފާހަގަކުރެއްވިއިރު، ބަނދަރުގެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒެއްވެސް އެބަ އޮތް، އަޅުގަނޑުމެންގެ ކުރިއަށް މިއޮތް ދައުރު އެންމެ މުހިންމު އަމާޒަކީ އާ ޒުވާނުންނަށް މި ޖީލަށް ފުރުސަތު ހުޅުވާލުން. ރާއްޖޭގެ ކަންކަމުގައި ހަރަކާތްތެރިވެ، ބަސްބުނުމުގެ ޖާގަ ޒުވާނުންނަށް މިހާރަށްވުރެ ރަނގަޅާށް ދިނުން. އަޟާން ރާއްޖެއެއް ގާއިމްކުރެއްވުމަށްޓަކައި އަޅުގަނޑުމެން ފަށާފައިމިވާ މަސައްކަތްތައް ކުރިއަށް ދިއުން.
ރައީސް ސާލިހު ވިދާޅުވިއެވެ.
މާފުށީ ސިއްހީ މަރުކަޒާއި ބެހޭ ގޮތުން ރައީސް ސާލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ނުލިބޭ އެތައް ހިދުމަތްތަކެއް މިހާރު ލިބެމުންދާކަމަށެވެ. އަދި މާފުށީ ސިއްހީ މަރުކަޒު އިތުރަށް ހަރުދަނާކުރުމަށް ކުަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާނެކަމަށާއި، މާފުށީ ސިއްޙީ މަރުކަޒަކީ ރަނގަޅު ފެންވަރުގެ ސިއްޙީ ދިދުމަތް ލިބޭ ހޮސްޕިޓަލަަކށް ބަދަލު ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

