ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދުވެސް އަމާޒުކުރީ ރައްޔިތުންނަށް މަންފާހުރި އުސޫލުތަކެއް ހޯދުމަށް: ރައީސް ނަޝީދު

ރައީސް ނަޝީދު: ފޮޓޯ/ ޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވީ އަނިޔާތައް ތަހައްމަލުކުރެއްވުމުގައި ކަމަށާއި އެހެންނަމަވެސް އަބަދުވެސް އަމާޒަކަށްވީ ރައްޔިތުންނަށް ނަފާވާފަދަ އުސޫލުތަކެއް ރާއްޖެއަަށް ތައާރަފްކޮށްދެއްވުމަށް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސްއަށް ރަސްމީގޮތުން ސޮއިކުރައްވާ އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަޔާތުގެ ބޮޑު ބައި ހޭދަކުރައްވާފައިވަނީ އަނިޔާގެ ތެރޭގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ދުވަސްތައް ހޭދަކުރެއްވީ އެކަނިވެރިކަމާއި ވޭނުގައިކަމަށެވެ. އެހެންނަމަވެސް އަބަދުވެސް އަމާޒުކުރެއްވީ އުސޫލުތަކެއް ހޯއްދެވުމަށް ކަމަށް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރެއްވީ ދިވެހިންނަށް ލިބޭ މިންވަރަށްވުރެ އިތުރަށް ލިބޭނެ އުސޫލުތަކަކާއި ހަމަތަކެއް ތައާރަފް ކުރެއްވުމަށް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ ”ދިރިގެންދާ“ އުސޫލުތަކަކީ ދިވެހިންގެ އުންމީދު އާލާކޮށްދޭނެ އުސޫލުތަކެއްގެ ގޮތުގައި ތައާރަފްކުރެއްވުމަށް ޑިމޮކްރެޓްސްގެ ޖަލްސާގައި ތިއްބެވި އެތައް ބައެއްގެ އިތުރުން ރާއްޖޭގެ އެތައް ރައްޔިތަކު ވަނީ މަސައްކަތް ކުރައްވާފައި ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، މަސައްކަތް ކުރެއްވި ފަރާތްތަކުން ބޭނުންވެ ވަޑައިގަތީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއިއެކު އެމީހުންނާއި އެކީގައި ވެރިކަމެއް ކުރާނެ ”ވެރިކަމެއް“ ރާއްޖޭގައި އުފެއްދުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ ނަމުގައި ޕާޓީއެއް ވުޖޫދުކުރީ އެ ބޭނުމުގައިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީ އުފެއްދީ ރާއްޖޭގެ ރައްޔިތުންގެ އުންމީދު އާލާކުރުވައި ތަނަވަސްކަން އިތުރުކޮށްދީ އާންމު ހާލަތު ރަނގަޅުކޮށްދެއްުވުމުގެ މަގުސަދުގައިކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ތަނަވަސްކަމަކީ ”ވަކި ހަމަތަކެއްގެ ތެރޭގައި، ވަކި ކަމެއް ވަކި އިރެއްގައި ވަކި ގޮތަކަށް“ ކަންކަން ކުރުމުން ލިބިގެންދާނެ ކާމިޔާބެއްކަން އޭރުވެސް އެންމެހާ ބޭފުޅުންނަށް އެނގިވަޑައިގެންނެވިކަމަށެވެ. އެގޮތުން އިންސާނީ ހައްގުތަކާއި މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތަކާއި ޑިމޮކްރެސީގެ އެންމެހާ އަސާސްތައް ހިތްތަކުގައި ބިންވަޅު ނެގި އެ އަސާސްތަކުގައި ހިފެހެއްޓުމުން ގައުމުތައް ތަނަވަސްވެގެންދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ”އޮބަހައްޓައިގެން ހިފަހައްޓައިގެން ލިބިފައި އޮތް ކުރިއެރުމެއް ނެތް“ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ”ފިތުރަތުގެ ގޮތަކީ ކުރިއަރައިދިއުން“ ކަމަށެވެ. އަދި އެއީ ”އޮބެހެއްޓުމެއް ނޫން“ ކަމަށާއި ”ހިފެހެއްޓުމެއް ނޫން“ ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީ އިން ވަކިވެ ވަޑައިގެންނެވުމާއި މެދުވެސް ރައީސް ނަޝީދުވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެއީ އިންތިހާއަށް ހިތާމަކުރެއްވި އުނދަގޫކަމެއްކަމަށެވެ. އެހެންނަމަވެސް އަދުގެ ޒުވާނުން ހިޔާލުތަނަވަސްކަމަށް ފާހަގަކުރައްވާ އެމަނިކުފާނުވަނީ ދަރިކަނބަލުން ދެއްކެވި ވާހަކައަކަށް އަލިއަޅުއްވާފައެވެ. އެގޮތުން އެމަނިކުފާނަކީ ”ކުލައަކާއި ރައްޓެހިވެގެން“ އުޅުއްވާ ބޭފުޅެއް ނޫންކަން ހަނދުމަކޮށްދިންކަމަށާއި އެފަދަ އެއްވެސް ރަމްޒީކަމަކަށް އެމަނިކުފާނުގެ ޝައުގު ނެތްކަން އަދި ކުރެއްވީ ފިކުރެއް ދިރުވުމުގެ މަސައްކަތްތައްކަން ހަނދުމަކޮށްދިންކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ފިކުރުން ދޫނުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ”ޕާޓީތައް ފިކުރު ވީއްލައި ހިނގައިދާނެ“ ކަމަށެވެ. ނަމަވެސް މަސައްކަތްކުރެއްވީ ގޮތުގައި ހިފަހައްޓަވާ ބޭފުޅުންނާއިއެކު އެ ގޮތަކަށް ބަދަލުތަކެއް ނައިސް ރާއްޖޭގެ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: