ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް 19 ގައި ހަރުދަނާ ފިޔަވަޅުތައް އެޅުއްވި ކަމަށް ވިދާޅުވެ، ރައީސް ދެއްވީ ތަފާސް ހިސާބުތައް!

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ބަލިމަޑުކަމުގައި ހަރުދަނާ ފިޔަވަޅުތައް އެޅުއްވި ކަމަށް ވިދާޅުވެ، ސަރުކާރުން ހަރަދު ކުރި ފައިސާގެ ތަފާސް ހިސާބު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ހިއްސާކުރައްވައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، ކެނޑިޑޭޓުންގެ ކެމްޕެއިންތައް ފަށާފައިވާއިރު، އެންމެ ބާރު ސްޕީޑުގައި ކުރިއަށް ދަނީ ރައީސް ސާލިހުގެ ކެމްޕެއިންއެވެ. އެގޮތުން ވަކި ވަކި ރަށްތަކަށް ވަޑައިގެން ވައުދުތައް ވަމުންދާއިރު، އެމަނިކުފާނު ރޭ ހުންނެވީ މުލަކުގައެވެ. ރަށުގެ ރައްޔިތުންނާއި މުހާތަބުކޮށް ދެއްކެވި ވާހަކަގައި ރައީސް ސާލިހު ވިދާޅުވީ މ އަތޮޅަކީ ކެމްޕެއިންގެ ތެރެއިން ދެވަނަ ހަތަރު ވަނަ މަންޒިލްކަމަށްވާއިރު، އަރާ ކޮންމެ ރަށަކުން ފެނިގެންދަނީ އެމަނިކުފާނަށް އޮތް ތާއީދުކަމަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް އިޝާތާތްކުރައްވާ ރައީސް ވިދާޅުވީ، އެދުވަހު އެމްޑީޕީއިން އައީ ޖަޒީރާ ރާއްޖޭގެ ތަސައްވަރާއިއެކުގައިކަމަށާއި، އަދި އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ތަފާތުކުރުމަކާއި ނުލައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުންކަމާއި، މުޅި ރާއްޖެ އެކީގައި ތަރައްގީކުރުންކަމަށް ރައީސް ވިދާޅުވިއެވެ.

އޭރެކޭވެސް އެއފްދައިން މިހާރުވެސް ކުރަމުން ދަނީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތްކަމަށް ވިދާޅުވެ، ރައިސް އިޝާރާތްކުރެއްވީ ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓަށެވެ. އަދި ވިދާޅުވީ އުތުރަށް އެ އަންނަނީ ބޮޑު ބަދަލެއްކަމަށެވެ. ހަނިމާދޫ އާއި ވަށަފަރުގެ ބިމުގެ އަގު އުފުލިއްޖެކަމަށާއި، ނޮޅިވަރަމްއާއި، ނޮޅިވަރަމް ފަރުގެ އަގުވެސް އުފުލިފައިވާއިރު، ރައްޔިތުންނަށް އުއްމީދެއް ލިބިއްޖެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައްޑޫވެސް އަންނަނީ ތަރައްގީވަމުންކަމަށް ވިދާޅުވިއެވެ.

ތައްޔާރުވަމުން އެ ދަނީ މުޅި އައްޑުއަށް، އައްޑޫ ސިޓީއަށް ތަރައްގީގެ ބަދަލުތަކެއް ގެނައުމަށްޓަކައި، ރައްޔިތުންގެ ވިސްނުން އެބަހުރި، ރައްޔިތުންގެ ޕްލޭންތައް އެބަހުރި. ސަރުކާރުން ބޭނުންވަނީ އެ ވަސީލަތްތައް ފޯރުކޮށްދޭން.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މެދު ރާއްޖެ ތެރެއާއި މާލެއަށް ވަށާ ބެލިކަމުގައިވީ ނަމަވެސް، އަންނަމުންދަނީ ބޮޑެތި ބަދަލުތައްކަމަށް ވިދާޅުވެ، ރައީސް އިޝާރާތްކުރެއްވީ އެކިއެކި އެއާޕޯޓަކަށެވެ. އެގޮތުން ހޮރަފުއްޓާއި، ފަރެސްމާތޮޑާގައި މިހާރު އެއާޕޯޓު ތަރައްގީ ކުރެވިއްޖެ ކަމަށާއި އަދި މުލީ އެއާޕޯޓު މިހާރު އޮތީ ނިމުމުގެ މަރުހަލާގައިކަމަށް ވިދާޅުވެ، މަސައްކަތް ފެށުމުގެ މަރުހަލާގައި ހުރި ބައެއް އެއާޕޯޓުތަކުގެ މައުލޫމާތު ވެސް ރައީސް ވަނީ ހިއްސާ ކުރައްވާފައެވެ.

ތަރައްގީގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެ، މަޑު ޖެހުމެއް އައިކަމަށާއި، އަދި އެއީ ކޮވިޑް 19 ގެ ބަލި މަޑުކަންކަމާ ކުރިމަތިވުމުން އައި މަޑުޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މުޅި ދުނިޔެ ބަންދުވި ނަމަވެސް، މިހާ ހިސާބަށް ރާއްޖެ ގެނެވިފައި މިއޮތީ ސަރުކާރުން އެޅީ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ފިޔަވަޅުތައް އެޅީ ރައްޔިތުންނަށް ތަކުލީފު ކުޑަވާނެ ގޮތައްކަމަށާއި، އެގޮތުން އިންކަމް ސަޕޯޓް އެލަވަންދިނުން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން އެކަމަށް 421 މިލިއަން ރުފިޔާ 22،904 ފޯރުކޮށްދީފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން 1،400 ވިޔަފާރި އަކަށް 380 މިލިއަން ރުފިޔާ ސޮފްޓް ލޯނުގެ ގޮތުގައި ދޫކޮށްފައިވާނެކަމަށާއި، ބޮޑެތި ވިޔަފާރިތަކާއިއެކު، ރިސޯޓު ހިންގާ ފަރާތްތަކަށް 1.1 ބިލިއަން ރުފިޔާ ދައުލަތުގެ ބަޖެތޫން ވިޔަފާރިވެރިންނަށް ލުއި ލޯނުގެ ގޮތުގައި ދީފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: