ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލެއް ޓެސްޓުކުރުމާއިއެކު އެމެރިކާ ގުޅިގެން ހިންގީ އަސްކަރީ ހަރަކާތެއް !

އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަނިކޮށް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އުތުރު ކޮރެއާއިން ދުރު ރާސްތާއަށް ދަތުރުކުރާ ބެލިސްޓިކް މިިސައިލެއް ޓެސްޓުކުރުމާއިއެކު، އެ އިންޒާރުތަކަށް ޖަވާބެއް ދިނުމުގެ ގޮތުން، އެމެރިކާ، ޖަޕާނު އަދި ދެކުނު ކޮރެއާ ގުޅިގެން މިސައިލް ޑިފެންސް ތަމްރީނު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ކުރިއަށް ގެންދިޔަ މި ތަމްރީނުތައް ބޭއްވީ ދެކުނު ކޮރެއާ އަދި ޖަޕާނުގެ ދެމެދުގައި އޮންނަ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައެވެ. ތިން ގައުމުންވެސް ވަނީ މިސަައިލް އާއި ގުޅުން ހުރި ވަސީލަތްތައް ހަރުކޮށްފައިވާ އަސްކަރީ އުޅަނދުތައްވެސް ބައިވެރިކޮށްފައެވެ. އަސްކަރީ އޮފިޝަލަކު މީޑިއާތަކާއި ހިއްސާކޮށްފައިވާގޮތުން، ތަމްރީނުތަކުގެ މައިގަނޑުގޮތަކަށް ކުރެވިގެންދިޔައީ ބެލިސްޓިކް މިސައިލް ހަމަލާއެއް އަންނަކަން ދެނެގަތުން ފަދަ ކަންކަން ދަސްކޮށްދިނުމުގެ މަސައްކަތްތަކެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ޓެސްޓުކޮށްފައިވާ މިސައިލަކީ އެ ގައުމުގެ ނިއުކްލިއާ ބާރުގެ މުހިންމު އަސާސެއްކަމަށް އެ ގައުމުންވަނީ ސިފަކޮށްފައިކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަދި އެންމެ ފަހުން ޓެސްޓުކުރުމަށް ކުރި މަސައްކަތްތަކަކީ އެ ގައުމުގެ އަދުއްވުންނަށް ވަރުގަދަ އިންޒާރެއްކަމަށްވެސް ބުނެފައިވެއެވެ. އެ ގައުމުން އާ މިސައިލެއް ޓެސްޓުކުރީ އެމެރިކާއިން އެގައުމަށް ފާރަލަމުންދާކަމަށް ތުހުމަތުކުރުމަށްފަހުއެވެ. އެގޮތުން އުތުރުކޮރެއާގެ އެކްސްކުލޫސިވް އިކޮނޮމިކް ޒޯނުގެ މަތިން ފާރަލުމަށް މަތިންދާ ބޯޓުތައް ދުއްވިކަމަށް ތުހުމަތުކޮށްފައިވެއެވެ.

ދެކުނު ކޮރެއާ ޖަޕާނު އަދި އެމެރިކާއިންވަނީ އުތުރު ކޮރެއާގެ އައިސީބީއެމް ޓެސްޓުކުރުން ކުށްވެރިކޮށްފައެވެ. އަދި އެގޮތުން އދ ގެ ސެކިއުރިޓީ ކައުންސިލުގެ އެތައް މުއާހަދާއަކާއި ހިލަފުވާކަމަށާއި އެއީ ކޮރެއާ ސަރަހައްދަށް ހުރި ބޮޑު ނުރައްކަލެއްކަމަށް ބުނެފައިވާއިރު، އެ ސަރަހައްދުން ބޭރަށްވެސް ނުރައްކާވެގެންދާކަމަށް ބުނެފައިވެއެވެ.

ދެކުނު ކޮރެއާގެ ކަނޑުމަތީގެ އަސްކަރިއްޔާ އިން ބުނެފައިވާގޮތުން، ތިން ގައުމުން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތަކަކީ ބެލިސްޓިކް މިސައިލު ހަމަލާއަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން އިތުރު ކުރުމާއި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު ފުރުސަތެކެވެ. އަދި އިތުރު ކޮރެއާގެ މިސައިލް އިންޒާރުތަކަށް ޖަވާބު ދިނުމަށް ތައްޔާރަށް ތިބިކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: