ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ނޯތްކޮރެއާއިން ސައުތުކޮރެއާއަށް ކުނި އަޅައިފި!

ސައުތާއި ނޯތުކޮރެއާ ދެމެދުގެ ބޯޑަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޯތު ކޮރެއާއިން އަނެއްކާވެސް ސައުތުކޮރެއާއަށް ކުނި ފުރާފައިވާ ފުއްޕަހަންތަކެއް ފޮނުވައިފިއެވެ.

ނޯތުކޮރެއާއިން ސައުތު ކޮރެއާއަަށް ޖެއްސުން ކުރަމުންދާކަމުގެ ރިޕޯތުތައް އެކި ފުރުސަތުގައި ކުރެވިފައިވާއިރު، ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ އަނެއްކާވެސް އެފަދަ މައްސަލައެއް ޖެހިފައިވާކަމަށް އަލިއަޅުވާފައެވެ. އެގޮތުން ތިންވަނަ ފަހަރަ އެ ގައުމުންވަނީ ސައުތުކޮރެއާއަށް އެތައް ސަތޭކަ ފުއްޕަހަމެއް ފޮނުވާފައިކަމަށާއި އެތަކެތި ތިބެނީ ކުނި އަޅައި ފުރާފައިކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އެކަން ކުރީ ސައުތް ކޮރެއާގެ ސިޔާސީ އެކްޓިވިސްޓުންތަކެއް ލީފްލެޓްތަކެއް އަޅައި ޕްރޮޕަގެންޑާ ފެތުރުމުގެ ގޮތުން ފުއްޕަހަންތަކެއް އެރުވި މައްސަލައިގައި ރައްދު ދިނުމުގެގޮތުންކަމަށް ބެލެވޭކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

މިހާތަނަށް 1000 އަށްވުރެ ގިނަ ކުނި ފުރާފައިވާ ފުއްޕަހަން ފޮނުވައި ވައްޓާލާފައިވާއިރު ސައުތުކޮރެއާގެ އާންމުން ކުރަމުންދާ ސިޔާސީ މަސައްކަތްތަކާއި ގުޅިގެންވެސް ދެ ގައުމުގެ ދެމެދު މައްސަލަތައް އިތުރަށް ގޯސްވުމަށް ދިމާވާކަމަށް ބުނެފައިވެއެވެ.

ސައުތްކޮރެއާއިންވަނީ ނޯތްކޮރެއާއަށް ފިޔަވަޅު އެޅުމުގެ ގޮތުން 2018 ވަނަ އަހަރު ދެ ގައުމުގެ ދެމެދު ސުލްހަ ގާއިމުކުރުމުގެ ގޮތުން ވެފައިވާ އެއްބަސްވުމެއް ސަސްޕެންޑުކޮށްލާފައިކަމަށް ރިޕޯޓުތަކުގައިވާއިރު، މި ކަމުގެ ސަބަބުން އަނެއްކާވެސް އަސްލު ވަޒަން ބޭނުންކޮށްގެން އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ޖާގަ ލިބިގެންދާކަމަށްވެސް ބުނެފައިވެއެވެ. އަދި ބޯޑަރު ސަރަހައްދުތަކުގައި އެންޓި ނޯތް ކޮރެއާ ޕްރޮޕަގެންޑާ އަޑު ގަދަ ކުރާ ތަކުން ޖެހުމަށްވެސް ފަހިވެގެންދާނެއިރު މިކަންކަމާއި ގުޅިގެން ނޯތުކޮރެއާގެ ރުޅިވެރިކަން އިތުރުވެ މައްސަލަތައް ގޯސްވެގެންދާނެކަމަށްވެސް ލާފާކޮށްފައިވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: