ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ނޯތުކޮރެއާއިން މިސައިލުތަކެއް ލޯނުޗުކުރި މައްސަލައެއް ފެންމަތިވެއްޖެ!

އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަނިކޮށް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުރު ރާސްތާއަށް ދަތުރުކުރާ މިސައިލެއް ޓެސްޓުކުރުމާއި ގުޅިގެން ބައިނަލްއަގުވާމީ ދުނިޔޭގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ނޯތު ކޮރެއާއިން އެތައް ކަރޫޒު މިސައިލްތަކެއް ލޯންޗުކުރި މައްސަލައެއް ހޫނުވެއްޖެއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ސިއްރިއްޔާތުގައި ކަންކަން ކުރުމަށް މަޝްހޫރު ނޯތު ކޮރިއާއިންވަނީ އެ ގައުމު އަދި ޗައިނާ ދެމެދު އޮންނަ ކަނޑުގެ ތެރެއަށް އެތައް ކުރޫޒު މިސައިލެއް ފޮނުވާފައެވެ. އެހެންނަމަވެސް އެ ގައުމުން ހައްޔަރުކޮށްފައިވާ އެމެރިކާގެ ސިފައިންގެ މީހެއްގެ މައުލޫމާތެއް ދީފައިނުވާކަމަށާއި ބޭނުންކުރި ކުރޫޒު މިސައިލްގެ އަދަދާއި އެ މިސައިލުތައް ދަތުރު ކުރި ދުރުމިންވެސް އނގިފައިނުވާކަމަށް ރިޕޯޓުތަކުގައިވެއެވެ. ސައުތު ކޮރެއާއިންވަނީ މި މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިކަމަށްވާއިރު، ދިރާސާތައް ކުރަމުންދާކަމަށް އެ ގައުމުގެ ކަމާއި ބެހޭ ފަރާތްތަކުންވަނީ މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ނޯތު ކޮރެއާއިން ކުރޫޒު މިސައިލްތަކެއް ފޮނުވާފައިވަނީ އެ ގައުމާއި ސައުތު ކޮރެއާ ދެމެދު އދ އިން ގާއިމުކޮށްފައިވާ ޖޮއިންޓު ސެކިއުރިޓީ ސަރަހައްދަށް ޒިޔާރަތްކުރި އެމެރިކާގެ ސިފައިންގެ މީހަކު ބޯޑަރު ހުރަސްކުރި މައްސަލައެއްވެސް ފެންމަތިވުމާއިއެކުއެވެ. އެހެންނަމަވެސް ނޯތު ކޮރެއާއިން އެ މައްސަލައާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ. އެމެރިކާގެ ޑިފެންސް ޑިޕާޓުމެންޓުން ހިއްސާކޮށްފައިވާގޮތުން، އެ ގައުމުންދަނީ ސިފައިންގެ މީހާއާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެ ގައުމާއި ނޯތުކޮރެއާ ދެމެދު ހާރިޖީ ގުޅުންތައް ބާއްވަމުންދަނީ ސްވިޑެން މެދުވެރިކޮށްކަމަށްވުމުން އެ ގައުމާއި ގުޅިގެން އެ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ނޯތު ކޮރެއާގެ ބޯޑަރު ހުރަސްކުރުމުގެ ކުރުމުގެ ހާދިސާގެ ކުރިން، އެމެރިކާގެ ސިފައިންގެ މީހާވަނީ ސައުތު ކޮރެއާގެ ޖަލެއްގައި 48 ދުވަސް ހޭދަކޮށްފައެވެ. އޭނާ އެ ގައުމުގެ ޖަލަށް ލާފައިވަނީ އާންމު ވަސީލަތްތައް ހަލާކު ކުރި މައްސަލައަކާއި ގުޅިގެން ކުރި ޖޫރިމަނާ ދެއްކެން ނެތުމުގެ ސަބަބުންނެވެ.

ނޯތު ކޮރެއާއިން ގިނަ އަދަދެއްގެ ކުރޫޒު މިސައިލްތައް ފޮނުވީ، އެމެރިކާއާއި ގާތް ގުޅުމެއް ބާއްވަމުންދާ ސައުތު ކޮރެއާއަށް އެމެރިކާގެ ނިއުކްލިއާ ސަބްމެރީނެއް ދިއުމުން އެކަމާއި އިހުތިޖާޖު ކުރުމުގެ ގޮތުންކަމަށް ބައެއް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. އެމެރިކާގެ ސިފައިންގެ މީހާ އާއި ގުޅޭގޮތުން ވާހަކަނުދެއްކި ނަމަވެސް، ނޯތު ކޮރެއާގެ ޑިފެންސްއިންވަނީ އެމެރިކާގެ ނިއުކްލިއާ ސަބްމެރީން ސައުތުކޮރެއާއަށް ދިޔަ މައްސަލައިގައި އިންޒާރުތަކެއް ދީފައިކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ނޯތު ކޮރެއާއިންވަނީ ދާދި ފަހުން ޖަޕާނާއި ދިމާލަށްވެސް މިސައިލުތަކެއް ފޮނުވާފައެވެ. އަދި  މިދިޔަ ހަފްތާގެ ތެރޭގައި އާ ވައްތަރެއްގެ ދުރު ރާސްތާއަށް ދަތުރުކުރާ މިސައިލެއް ޓެސްޓުކުރި މައްސަލައެއްވެސް ފެންމަތިވެފައިވާއިރު، އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ ދިފާއީ ބާރުތައް ވަރުގަދަ ކުރާނެކަމަށް ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: