ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޓަނެޓްގެ އަގު އިތުރަށް ހެޔޮވެގެންދާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންޓަނެޓްގެ އަގު އިތުރަށް ހެޔޮވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިންގެ ތެރެއިން ވ ރަކީދޫގައި ހުންނަވައެވެ.

ރައީސް ސާލިހު ފާހަގަކުރެއްވީ 2018 ވަނަ އަހރުގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރެއްވިއިރު، އޭރު އިންޓަނެޓުގެ އަގު ހެޔޮކުރުމާއި ގުޅިގެން ވެވަޑައިގެން ވައުދަށެވެ. އެ ވައުދާއި އެއް ގޮތަށް 2021 ވަނަ އަހަރުގެ ތެރޭގައި އިންޓަނެޓުގެ އަގު ހެޔޮކޮށްފައިވާކަމަށް ފާހަގަކޮށް ރައީށް ވިދާޅުވީ، އަދިވެސް އެ މަސައްކަތް އެކީ ހުއްޓާނުލާކަމަށެވެ. އަދި އިންޓަނެޓު އިތުރަށް އަގު ހެޔޮކުރުމުގެ ގޮތުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ރާއްޖެ ހިމެނޭ ގޮތަށް 11 ގައުމު ގުޅާލުމަށް ހަމަޖެހިފައިވާ  ސަބްމެރިން ކޭބަލް އެޅުމުގެ އެއްބަސްވުމުން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ ފްރާންސުން ސިންގަޕޫރަށް އަޅާ ސަބްމެރިން ކޭބަލް އަންނަ މަހު ރާއްޖެއަށް ގުޅާލެވޭނެކަމަށެވެ. މިއީ ޖުމްލަ 19،200 ކިލޯމީޓަރު ދިގު ކޭބަލެކެވެ. އަދި މިއީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން މަދުވެގެން 100 ޓީބީޕީއެސް ގެ ސްޕީޑް ޓްރާންސްމިޓް ކުރާނެ ސަބްމެރީން ކޭބަލް ސިސްޓަމެެއްކަމަށްވާއިރު، މިއާއިއެކު އިންޓަނެޓު އަގު މިހާރަށްވުރެ ހެޔޮވެގެންދާނެކަމަށް ރައީސް ސާލިހުވިދާޅުވިއެވެ.

މި ސަބްމެރީން ކޭބަލާއިއެކު، އިންޓަނެޓުގެ އަގު ހެޔޮވުމުގެ އިތުރަށް، އިންޓަނެޓު ހަލުވިވެގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މިކަމުގެ ސަބަބުން އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތަކަށާއި، އަލަށް މި ހިދުމަތަށް ވަންނަ ކުންފުނިތަކަށްވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާކަމަށެވެ. މިކަމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ކުދި ރަށްތަކުން ހިދުމަތް ހޯދާ މީހުންނަށްކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: