ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިހާބު 2023: އީސީ އިން ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމް ކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާ ގުޅިގެން ޝަކުވާތަށް ބަލައިގަތުމަށްޓަކައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) ގައި ގާއިމު ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ގެޒެޓްގައި ބަޔާން ކޮށްފައިވާ ގޮތުގައި ޝަކުވާ ހުށަހަޅާ ފޯމު އިލެކްޝާން ކޮމިޝަންގެ ވެބްސައިޓުންނާއި، އިންތިހާބާ ބެހޭ މަރުކަޒުންނާއި، އިލެކްޝަން ކޮމިޝަންގެ އިދާރާގެ ކައުންޓަރުންނާއި، ރަށްރަށުގެ ކައުންސިލް އިދާރާ އަދި އަތޮޅު ނުވަތަ ސިޓީ ތަކުގައި ގާއިމް ކޮށްފައިވާ އިލެކްޝަންސް ފޯކަލް ޕޮއިންޓް ތަކުން ލިބޭނެއެވެ. އަދި ރާއްޖެއިން ބޭރުގައި ގާއިމްކުރެވިފައިވާ ފޯކަލް ޕޮއިންޓް ތަކުންވެސް ފޯމް ލިބެން ހުންނާނެ ކަމަށްވަނީ ބުނެފައެވެ. 

ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް އީމެއިލް މެދުވެރިކޮށް ފޮނުވޭ ޝަކުވާތަށްވެސް ބަލައިގަނެވޭނެ ކަމަށް ވަނީ އީސީން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ގައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހުޅުވިފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު ފަހު 15:00 އަށެވެ. ހުކުރު ދުވަހު މެންދުރުފަހު 14:00 އިން ހަވީރު 17:00 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: