ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބާއްވާ ރަސްމީ ފަރާތަކީ ވީއައިއޭ

2024 ގެ އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވީއައިއޭއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއާ ސާވިސް ވޯލްޑް ކޮންގްރެސް ބާއްވާ ރަސްމީ ފަރާތަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް (ވީއައިއޭ) ކަމަށް އިއުލާނުކޮށްފިއެވެ.

އެކަން އިއުލާނުކޮށްފައިވަނީ އެމެރިކާގެ ސޭންފްރެންސިސްކޯގައި 17 އިން 18 ޖުލައި 2023 ކުރިޔަށް ގެންދިޔަ ކޮންގްރެސް އިވެންޓެއްގައެވެ.

މި އިވެންޓުގައި އެމް.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ކޮންގްރެސްގެ ބައިވެރިން ދިވެހިރާއްޖެއަށް ޒިޔާރާތްކުރުމަށް އޭވިއެޝަން އިންޑަސްޓްރީ ބައްލަވާލެއްވުމަށް ދައުވަތު ދެއްވާފައިވެއެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ މި ކޮންގްރެސްގެ ތެރެއިން ދުނިޔޭގެ ވައިގެ ޙިދުމަތުގެ ކުރިއެރުމާ ބެހޭގޮތުން މަޝްވަރާކުރުމަށްޓަކައި ޕްލެޓްފޯމެއް ލިބިގެންދާނެކަމަށް އެމްސީއެލްއިން ބުނެފައިވެއެވެ.

އެމްސީއެލްއިން ބުނި ގޮތުގައި ރާއްޖޭގައި ބޭއްވާ މިކޮންގްރެސްގެ ބައިވެރިންނަށް ވައިގެ ހިދުމަތްތަށް ދިނުމުގެ ތަޖުރިބާ ހިއްސާކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މީގެއިތުރުން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ގުޅުންބަދަހިވެގެން ދާނެކަންވެސް ފާހަގަ ކުރިއެވެ.

މިމުއާމަލާތް ތަކުގެ ސަބަބުން ރާއްޖޭގައި އެއާލައިންތައް އިތުރު ކުރުމަށް އެހީތެރިކަން ލިބުންކަމަށްވެސް ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ  ރާއްޖޭގެ ފަތުރުވެރިކަމާއި އިޤްތިސާދަށް އަދި ވައިގެ ހިދުމަތްތައް ކުރިއެރުވުމަށް ވިސްނުންތަކާއި އީޖާދީ ގޮތްތަށް ފަހިވެގެން ދާކަމަށެވެ. މިކޮންގްރެސް މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވެގެންދާކަމަށާއި ޖަޒީރާ ކުދި ރަށްތަކުގެ ރީތިކަން ވަޒަންކޮށްލަން ލިބޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

ވީއައިއީ އިން މިކޮންގްރެސް ހޮސްޓުކުރުމުން އޭވިއޭޝަން ދާއިރާއަށް މަސައްކަތް ފާހަގަވެފައި އިންފްރާސްޓްރަކްޗާ މަދަލުކޮށް އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމުގައި ބޮޑު ކުރިއެރުންތަކެއް ހޯދިފައިވާކަމަށް އެމް.ސީ.އެލްގެ ސީއީއޯ އަދި އެމްޑީ މަހްޖޫބު ޝުޖާއު ވިދާޅުވިއެވެ. ފަސިންޖަރުންނާއި އެއާލައިންތަކުގެ ބޭނުންތައް ފުއްދުމަށްޓަކައި ހިދުމަތްތަށް ހަރުދަނާކުރަމުންދާ ވާހަކަވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: