ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއޭސީއެލް އިން ގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފި

ފޮޓޯ: އެމްސީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިއަށްގެންދިޔަ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.

އެމް.އޭ.ސީ.އެލްއާއި ކެއަރ ސޮސައިޓީ ގުޅިގެން ކުރިއަށްގެންދެވުނު މި ޕްރޮގްރާމު ކުރިއަށް ގެންދެވިފައިވަނީ 1 މޭއި 2023 އިން 31 ޖުލައި 2023 ގެ ނިޔަލަށެވެ. އެމް.އޭ.ސީ.އެލްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކެއަރ ސޮސައިޓީގެ ހަތަރު ދަރިވަކަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ މަސައްކަތުގެ މާހުލު ތެރެއިން ތަމްރީނާއި މަސައްކަތުގެ ތަޖްރިބާ ހޯދުމުގެ ފުރުސަތު ދެއްވާފައެވެ.

ޕްރޮގްރާމުގެ ކާމިޔާބީ ފާހަގަކުރުމަށް އެއަޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި އިންޓާންޝިޕްގެ ބައިވެރިންނަށް، އެމް.އޭ.ސީ.އެލްގެ މެނޭޖިން ޑައިރެކްޓަރ އަދި ސީއީއޯ މަހްޖޫބް ޝުޖާއު ވަނީ އިންޓާންޝިޕް ޕްރޮގްރާމް ނިންމާލިކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ހަފްލާގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ ވެރިންގެ އިތުރުން ކެއަރ ސޮސައިޓީގެ އިސްވެރިން ވެސް ވަނީ ބައިވެރިވަޑައިގެންފައެވެ.

ތިން މަސްދުވަހަށް ގެންދެވުނު މި ޕްރޮގްރާމުގައި ، ބައިވެރިވި ދަރިވަރުންނަށް ވަނީ ކޮންމެ މަހަކު ހާއްސަ އެލަވަންސް ދެއްވާފައެވެ. އަދި އެމް.އޭ.ސީ.އެލްގެ އެކި ސެކްޝަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާފައިވެއެވެ. އެގޮތުން، ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތާއި، ކަސްޓަމާ ސާވިސްގެ މަސައްކަތުގެ އިތުރުން، އެހެނިހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ވަނީ އިންޓާންގެ ބައިވެރިންނަށް ދެއްވާފައެވެ. މި ދަރިވަރުންނަށް ހާއްސަ ކުރެވިފައިވާ، ސުޕަވައިޒަރުންގެ އިރުޝާދާއިއެކު، މިކުދިންނަށް ވަނީ މަސައްކަތުގެ ތަޖުރިބާ ލިބިފައެވެ.

ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ، ކޯޕަރޭޓް ކޮމިއުނިކޭޝަންސް ހަސަން އަރީފް ވިދާޅުވީ، މިއީ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން، މުޖްތަމައުގައި ތިބި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް، އެމީހުން ބާރުވެރިކޮށް، ދެމެހެއްޓެނިވިގޮތެއްގައި ދެވޭ އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށެވެ. މި ޕްރޮގްރާމުގެ ސަބަބުން، ބައިވެރިންނަށް މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ކަމަށާއި، އެ ކުދިން މަސައްކަތުގެ މާހައުލަށް ނިކުތުމަށް އެޅުނު ބިންގަލަކަށް ވެގެންދާނެކަމަށް އަރީފް ވިދާޅުވިއެވެ.

އެމް.އޭ.ސީ.އެލްގެ އިޖުތިމާޢީ ޒިންމާގެ ދަށުން ފާއިތުވި އަހަރުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު، މިއަހަރުގެ ތެރޭގައި މުޖުތަމައުގެ ލާބައާއި ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރާވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: