ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމިރޭޓްސް އިން ރާއްޖެ އަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.

މީގެ ކުރިން އެމިރޭޓްސް އިން ބާއްވަމުން އައީ ހަފްތާއަކު ދެ ދަތުރެވެ.

އެމްއޭސީއެލް އިން ބުނީ  މި މަހުގެ 11 އިން ފެށިގެން އެ އަދަދު ތިނެކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެމިިރޭޓްސްގެ އިތުރުން ދާދިފަހުން ގަތަރު އެއާވޭސް އިން ވެސް ވަނީ ރާއްޖެއަށް ހަފްތާއަކު ތިން ފްލައިޓް ބާއްވާ ގޮތަށް ހަމަޖައްސާފައެވެ.

މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު ރާއްޖެ އަށް މިހާތަނަށް ވަނީ އެއް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: