މާލެ އަތޮޅު އެނބޫދޫފަޅުގައި ތަރައްގީކުރަމުން އަންނަ އަވަން ގާޑް ބްރޭންޑްގެ އައު ރިސޯޓް، އެސްއޯ.މޯލްޑިވްސް މި އަހަރުގެ ނޮބެމްބަރު މަހު ހުޅުވަން ނިންމައިފި އެވެ.
މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ މި ހިތްގައިމު ލަގްޒަރީ ރިސޯޓް ރަސްމީކޮށް ހުޅުވަން ތާވަލުކޮށްފައި ނޮވެމްބަރު 1 ގަ އެވެ. މިތަނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ލޯޗްގައިި 15 މިނިޓު ދަތުރުކޮށް ދެވޭ އޮތް ރިސޯޓެކެވެ.
އަށްޑިހަ ވިލާގެ އެސްއޯ.މޯލްޑިވްސް އަކީ ވަރަށް ތަފާތު ޑިޒައިންތަކެއް ފެނިގެންދާނެ އަދި އެތަނުގައި ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުން މުޅިން ތަފާތު ލައިފްސްޓައިލަކަށް ގެންގޮސްދޭ ގޮތަށް ތަރައްގީކުރަމުން އަންނަ ތަނެކެވެ.
This November will mark the opening of SO/ Maldives, a sartorially-rooted retreat set on a pristine private island and surrounded by the Emboodhoo Lagoon. pic.twitter.com/7mgGZaZVgK
— Corporate Maldives (@corporatemv) July 26, 2023
މިތަނުގެ ވިލާތަކުގެ ތެރޭގައި ޖާގަ ވަރަށް ތަނަވަސް އޯވަ-ވޯޓަ ވިލާތަކާއި ބީޗް ފްރޮންޓް ވިލާތައް ހިމެނޭނެ އެވެ. އެސްއޯ/މޯލްޑިވްސްގައި ތަފާތު ހިސާބަކުގެ ކެއުންތައް ވެސް ލިބޭ ތިން ރެސްޓޯރަންޓާއި ޓޫރިސްޓުންނަށް ބޭނުންވާ އެތައް ފެސިލިޓީއެއް ހުންނާނެ އެވެ.
މި ރިސޯޓަކީ އަވަން ގާޑް ބްރޭންޑްގެ ރިސޯޓެކެވެ.

