ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އަކީ ރީތި ސާފު މާމުއި ފަދަ ބޭފުޅެއް: ސިޔާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ލިބިފައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ރީތި ސާފު މާއުއި ފަދަ ބޭފުޅެއްކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ސިޔާމް މިފަދައިން ވިދާޅުވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފުވައްމުލަކަށް ވަޑައިގެން އެ ރަށުގައި ކުރިއަށްދިޔަ އެމްޑީޕީގެ “އުފާވެރި އަމާން ރާއްޖެ” ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ސިޔާމްގެ ވާހަކައިގައި ވިދާލުވީ، ކޮވިޑް-19 ގެ ސަބަބުން ގައުމުގެ ބޮޑެތި ވިޔަފާތިވެރިން ނާއުއްމީދު ވި ދަނޑިވަޅުގައި ހިކުމަތްތެރިކަމާއި އެކު ހުރިހާ ކަމެއް ހަމަ މަގަށް އެޅުވުމަށް މަސައްކަތްކުރައްވާ، މި ގައުމުގެ ނަސީބަކީ ގައުމުގެ ވަލިއްޔުލް އަމުރަކަށް ހުންނެވީ ހިކުމަތްތެރި ވިސްނުންތޫނު އަދި އެހާމެ ރައްޔިތުންނަށް އޯގާތެރި ވެރިއެއްކަމުންނެވެ.

އަދި ހުރިހާ ވިޔަފާރިވެރިން ފިތިގެންދިޔައިރު ވެސް ރައީސް ގައިކޮޅުން އައީ މާމުއި ކަމަށް އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވިދާޅުވި އެވެ.

ސިޔާމް އަޑު ކޮޅު އަޑު- 1:14:00 އިން 1:17:00

ކޮވިޑްގެ ދަތި ހާލުގައި ސަރުކާރުން އިންކަމް ސަޕޯޓުގެ ގޮތުގައި އެސްއެމްއީ ލޯނު ފަދަ ކަންކަން ހިމެނުމުން ގާތްގަނޑަކަށް ސަރުކާރުން 3 ބިލިއަން ރުފިޔާ ބަހާފައިވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. ކޮވިޑްގެ ދަތި ހާލަތުގައި ބޭރުގެ ގައުމުތަކުން ފައިސާ ދޭން ބޭނުން ނުވި ކަމަށާއި ފައިސާ އަންނާނެ ގޮތެއް ވެސް އޮތީ ނެތިފައި ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: