ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކެމްޕޭނަށް ހުރަސްއަޅާނަމަ އިދިކޮޅަށް ކެމްޕޭން ނުކުރެވޭނެ:ފައްޔާޒް

ފައްޔާޒު އިސްމާއިލް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅަން މަސައްކަތް ނުކޮށް އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ރީތި ގޮތުގައި ކެމްޕޭން ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިޤްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ރޭ ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އޮޑި ނުފެތޭނެ ކަމަށާއި އެމްޑީޕީގެ އަޒުމެއް ވެސް ގުޑުވާނުލެވޭނެ ކަމަށެވެ. އަދި އެމްޑީޕީ ރޫޅާނުލެވޭނެ ކަމަށް ތަކުރާރުކޮށް ފައްޔާޒު ވިދާޅުވި އެވެ.

2018 ގައި އެމްޑީޕީއިން ރިޔާސީ އިންތިޚާބަށް ކެންޑީޑޭޓަކު ނެރެންޖެހުނީ ނުހަނު ބިރުވެރިކަމުގައި ވާނެ ގޮތެއް ނޭނގި ކޮންމެ ދުވަހަކު މަގުމައްޗަށް ނިކުމެގެންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް މިއަދުގެ ވާދަވެރިންނަށް އެފަދަ ބިރުވެރިކަމެއް ނެތް ކަމަށް ވިދާޅުވިއެވެ. ރައީސް ހިތް ތިރި ވިޔަސް އަޅުގަނޑުމެންނަކީ ހިތްތިރި ބައެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅަ ނަމަ، ދިވެހިރާއްޖޭގެ އެއްވެސް ރަށެއްގައި އިދިކޮޅަށް ކެމްޕޭން ނުކުރެވޭ ވަރު ކުރާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މި ސަރުކާރުން ވީ ވައުދުތައް ފުއްދައި ރާއްޖެ ބަދަލުކޮށްފައިވާ ކަމަށާއި ޖެހިގެން އުޅޭހާ ވެސް މައްސަލައަކީ ކަންކަމަށް ޝުކުރު ކުރަން ނޭނގުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ހިތުގައި އޮތް ނަފްރަތެއްގެ ސަބަބުން މިކަންކަން ނުފެނިގެން އުޅޭކަމަށާއި ވާހަކަތައް ފަތުރަނީ ސަރުކާރުން ކޮށްދޭ ކަންތައްތައް ނޭނގިގެނެއް ވެސް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ފައްޔާޒުގެ ބަހުގެ ހަމަލާތަކެއް ޑިމޮކްރެޓްސް އަށް އަމާޒުކޮށްފައިވާއިރު ރިޔާސީ އިންތިޚާބަށް އެ ޕާޓީން ނެރެފައިވާ ކެންޑިޑޭޓަކީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އަދި ރައީސް ނަޝީދާއި އިލްޔާސް މިހާރު އަންނަނީ ކެމްޕޭން ދަތުރުތައް ކުރައްވަމުންނެވެ. އިލްޔާސް އާއި ރައީސް ނަޝީދު މިހާރު ހުންނެވީ އައްޑޫ ސިޓީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: